E7C82D65-9E35-4D87-B011-DF138591CDC5

ކޯމަހަށްލީ ވިލާ ގައި ކޮރަލް ގަރޑެން ހަދަނީ

ކޯމަހަށްލީ ވިލާ ގައި ކޮރަލް ގަރޑެން ހެދުމަށް ނިންމާފައިވާ ކަމަށް ގދ. ހޯނޑެއްދޫ ކައުންސިލުން ބުނެފިއެވެ.

ހޯނޑެއްދޫ ކައުންސިލުން ބުނީ އެ ކައުންސިލްގެ އިޙްތިސާސްގައި ހިމެނޭ "ކޯމަހަށްލީ ވިލާ" ގައި ކޯރަލް ގަރޑެންއެއް ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެވިލުގެ ހުޅަނގު ފަރާތުގައި 4 ބޮއި އަޅާ، އެ 4 ބޮއި ހިމެނޭ ސަރަޙައްދަކީ ކޯރަލް ގަރޑެން ތަރައްޤީ ކުރުމަށް ކައުންސިލުން ނިންމާފައިވާ ސަރަޙައްދެއް ކަމަށެވެ.

ކޮރަލް ގަރޑަން ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރުވާނީ ސަރަޙައްދުގައި ސްޓްރަކްޗަރތައް ހަރުކުރެވިފައެވެ. އެހެންކަމުން އެސަރަޙައްދުން މަސްވެރިކަން ކުރުމާއި ވެލި ނެގުމަކީ މަނާކަމެއް ކަމެއް ހޯނޑެއްދޫ ކައުންސިލުން ހާމަކުރެއެވެ.

އަދި އެސަރަޙައްދުން އެއްވެސް ފަރާތަކުން މަސްބޭނުމާއި ވެލި ނެގުންފަދަ ކަމެއް ކުރަމުންދާނަމަ އެފަރާތްތަކާއިމެދު ޤާނޫނާއި ޤަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށްވެސް ހޯނޑެއްދޫ ކައުންސިލުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!