މާލޭ ލޯކަލް މަސް މާރުކޭޓް، ފައިލް ފޮޓޯ
މާލޭ ލޯކަލް މަސް މާރުކޭޓް، ފައިލް ފޮޓޯ

މާލޭ މަސްމާރުކޭޓް 1 އަހަރު ދުވަހުގެ މުއްދަތަށް ހިންގާ ބަލަހައްޓާނެ ފަރާތެއް ހޯދަނީ

މާލޭ މަސްމާރުކޭޓް 1 އަހަރު ދުވަހުގެ މުއްދަތަށް ހިންގާ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ މާލޭ ރޯމަސްމާރުކޭޓް އަދި 1 ވަނަ ބުރީގައިހުރި 01 ފިހާރަ ހިމެނޭގޮތަށް 01 އަހަރު ދުވަހުގެ މުއްދަތަށް އެކައުންސިލަށް ކުލިދައްކާގޮތަށް މާރުކޭޓު ކުއްޔަށް ހިންގާ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 5 ވަނަ ދުވަހުގެ ކުރިން ބީލަން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށާއި، މިމަހުގެ 11ވަނަ ދުވަހުގެ ކުރިން އަގު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ފުރިހަމަކުރައްވާފައިވާ ބީލަން ރަޖިސްޓްރީ ފޯމް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މަސްކެނޑުމުގެ ޚިދުމަތުގެ އަގުވެސް މިހާރު ބޮޑުވަމުން ގޮސް އަތްނުފޯރާ ފަށަށް އަރައިފި. ހަމަ ހިތައް އެރީމާ ބޮޑުކޮށްލަނީ. ވިޔަފާރީގެ ބޭނުމަށް ފިޔަވައި ގޭގައި ބޭނުން ކުރަން މަހެއް ދެމަހެއް ގަންނަ މީހާ އަށްވެސް ފަންސާސް ފަސްދޮޅަސް ރުފިޔާ ދުއްވާލައިގެން ނޫނީ މަހެއް ކަނޑައެއް ނުދޭ. ވީމާ މާރުކޭޓު ހިންގަން ބަޔަކާ ޙަވާލު ކުރާއިރު މަސް ކެނޑުމުގެ ޚިދުމަތް އެއްމެ ކުޑަކޮށް ދޭނެ ފަރާތަކަށް އިސްކަން ދެއްވުން ރަގަޅުވާނެ.