ކ.ގުރައިދޫގެ އިރުން 11 މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ މަސްވެރިއެއްގެ ހާލު ދެރަވެގެން ކޯސްޓްގާޑުން ހަރަކާތްތެރިކަން ފޯރުކޮށްދީފިއެވެ.
މި މީހާ ހާލު ދެރަވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު އަށް ލިބުމުން މިއަދު ހެނދުނު 9:52 ހާއިރުވަނީ މާލެ ގެނެސްފައެވެ. އެއީ 31 އަހަރުގެ މީހެކެވެ.
މަސްދޯނިފަހަރު ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް މަސްވެރިންނަށް ދިމާވާ ސިއްޚީ ކުއްލި މައްސަލަތަކަށް އެމްއެންޑީއެފުން އަންނަނީ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.