ރާއްޖޭގައި ކަނޑުމަސް ގަންނަ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު އަގެއްގައި މަސް ގަންނަމުންދަނީ އެންސިސް ފިޝަރީޒްއިންނެވެ.
ފުޅާ ދާއިރާއެއްގައި ދަޅުގައި މަސް ބަންދުކުރާ އެންސިސްއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދަނީ އެކުންފުނީގެ ހުޅުމާލެ މަސް ކާރުޙާނާގެ ބަނދަރުންނާއި، އަތޮޅުތެރޭގައި ހަރަކާތްތެރިވާ ކަލެކްޓަރ ވެސަލްއިންނެވެ.
މަސްވެރިން އެމްވީ އާއި ވާހަކަދައްކަވަމުން އެންސިސްގެ ޖެނަރަލް މެނޭޖަރ ހުސެއިން އަފީފު ވިދާޅުވީ އެކުންފުނީ ހުޅުމާލެ ބަނދަރުން 3 ކިލޯއަށް ވުރެ މަތީގެ މަހާ ކަންނެލި 17 ރުފިޔާއަށް ކަމަށެވެ. އަދި ކަލެކްޓަރ ވެސަލްއިން މަސް ކިލޯއެއް ގަންނަނީ 16 ރުފިޔާ އަށާއި 17 ރުފިޔާއަށް ކަމަށެވެ. އަފީފް ފާހަގަކުރެއްވި ގޮތުގައި މަސްވެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބޭ ކަމަށެވެ.
"މަސް ކަލެކްޓަރ ވެސަލް ފޮނުވާލާތާ 2 ދުވަސްތެރޭ ބޯޓު އާދެ ފުލްކޮށް، މިހާ ގިނަ އަދަދަކަށް މަސް ކިރޭނީ ރަނގަޅު އަގެއް އަޅުގަނޑުމެން ދޭތީ ކަމަށް ޤަބޫލް ކުރެވެނީ،" އަފީފް ވިދާޅިވިއެވެ.
އަފީފް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުން މަސް ގަތުމުގައި ހަރަކާތްތަށް އިތުރަށް ފުޅާކުރުމުގެ ވިސްނުން އެބަ ހުރި ކަމަށެވެ.

އެންސިސްއިން ކަނޑުމަސް ގަންނަ މިންވަރު އިތުރުވެގެން ދިޔައީ 2018 ވަނަ އަހަރު އެކުންފުނީގެ ކޭނަރީ ހުޅުވިގެން ދިޔުމާއި ގުޅިގެންނެވެ.
މަސްވެރިކަމާއި ގުޅުންހުރި އިތުރު ވިޔަފާރިތައްވެސް އެންސިސް ކުންފުނީގެ ދަށުން ހިންގަމުންދާއިރު، އެ ވިޔަފާރިތައްވެސް އިތުރަށް ފުޅާކޮށް، ގިނަ ވަޒީފާތަކެއް އުފެއްދުމަށް އެކުންފުނީގެ ވިސްނުން އެބަހުރިކަމަށްވެސް އަފީފް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތުގައި އެންސިސް ފިޝަރީޒްއިން ހަރަކާތްތެރިވަމުން އަންނަތާ މިހާރު 19 އަހަރުވަނީއެވެ. ވިޔަފާރި ފެށިގެން އައި އިރު އެންސިސް އަކީ ހަމައެކަނި ކަންނެލި އެކްސްޕޯޓް ކުރާ ކުންފުންޏެކެވެ.
އަދި 2010 ވަނަ އަހަރު އެސްއެމްއީ ކުންފުނިތަކަށް ކަޅުބިލަމަސް ބޭރުކުރުމުގެ ހުއްދަ ސަރުކާރުން ދިނުމާއި އެކު އެކުންފުނިންދަނީ ކަޅުބިލަމަސްވެސް ރާއްޖެއިން އެކްސްޕޯޓް ކުރަމުންނެވެ. އަދި މި ހުއްދައިގެ ދަށުން ދަޅުގައި މަސް ބަންދުކޮށްގެން ރާއްޖެއިން ބޭރުކުރުމުގެ ހުއްދަވެސް އެ ކުންފުންޏަށްވަނީ ލިބިގެން ގޮސްފައެވެ.
މިފްކޯއާއި ހޮރައިޒަން އިން މަސްކިލޯއެއް ގަންނަނީ 16 ރުފިޔާ އަށެވެ،