663DE699-06C6-43CB-9962-9FFD3E1AAE93

ފުނަދޫގައި އައިސްޕްލާންޓެއް އެޅާދޭނެ ފަރާތެއް ހޯދަނީ

ށ. ފުނަދޫގައި އައިސްޕްލާންޓެއް އަޅާދޭނެ ބަޔަކު ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.

ފުނަދޫ ކައުންސިލް އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އައިސްޕްލާންޓު އެޅުމަށް ހަމަޖެހިފައިވަނީ އެރަށު މަސްމާރުކޭޓުގެ އިރުން އޮތް ބިމުގައި ކަމަށެވެ. އަދި އެ އެތަނުގައި އައިސްޕާންޓެއް ހިންގުމަށް އެބިން 25 އަހަރަށް ދޫކުރާނެ ކަމަށްވެސް އެރަށު ކައުންސިލުން ހާމަކުރެއެވެ.
މިއީ 60 ފޫޓް ދިގު 40 ފޫޓް ފޫޅާ ބިމެކެވެ. މި ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 70 ލާރިއަށްވުރެ ކުޑަނޫން އަގަކަށް ބިޑް އުޞޫލުންނެވެ.
އެހެން ކަމުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 14ވާ، ބުރާސްފަތިދުވަހުގެ 11:00ށް މިއިދާރާއަށް ގޮސް މަޢުލޫމާތު ސާފުކުރުމަށްފަހު މިމަހުގެ 21ވަނަ ދުވަހުގެ ހެނދުނު 11 ގެ ކުރިން ބިޑް ހުށަހެޅުމަށް ފުނަދޫ ކައުންސިލުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!