މަސްވެރިކަމާއި ގުޅޭ

ގާފުރޮޅާ ހިކާ

ގާފުރޮޅާ ހިކާ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން 25 މީޓަރަށްވުރެން ތިލަހިސާބުތަކުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. މިބާވަތުގެ ހިކާގެ ކުދިމަހާއި ބޮޑެތިމަހުގައި ވަރަށް ބޮޑު ތަފާތެއް ހުރެއެވެ. ކުދިހިކައަކީ ވަރަށް އަޅައިގަންނަ ޒާތަކަށް އެސޮރުންމެންގެ ކޮތަރިތަކާއި މަހުގެ ކުލަވަރު ހުންނަ މަހެކެވެ. މިބާވަތުގެ ހިކާ ރާއްޖޭގެ ފަރުފަޅުތަކުން ހިފާއުޅޭ ހަމައެކަނި ބަޔަކީ ދިރޭމަސް ބޭރުކުރުމަށް މަސްހިފާމީހުންނެވެ. އަދި
ރާއްޖެއިން ގިނަ ޢަދަދަކަށް ބޭރުކުރެވޭ މަހެކެވެ. މިބާވަތުގެ ހިކާ 25 ސެންޓިމީޓަރަށް ބޮޑުވާ ކަމަށްވެއެވެ.

މަހުގެ ކާނާއަކީ ބޮލީގެ ބައެއް ބާވަތްތަކާއި، ކަށިބޯވައާއި ކަކުނިފާޑުގެ ސޫތްޕެވެ. މިމަސް ގާފުރޮޅަނީ އޭގެ ކާނާ ހޯދުމަށެވެ. މިބާވަތުގެ ކުދިމަސް ގިނައިން އުޅެނީ ހުއިފަޅާފައި ހުންނަ ހިސާބުތަކުގައެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 12 ނުވަތަ 13 މަޑުކަށިހުރެއެވެ. މަހުގެ ޅައިރުގެ ކުލައަކީ ފެހިކުލައާއި ރަތްފެހި ކުލައެވެ. ޅަމަހުގައި ހުދުކުލައިގެ ކުރެހުންތަކެއް ކޮތަރިތަކާއެކު ހުރެއެވެ. ބޮޑެތިމަހުގެ ކުލައަކީ
ގަދަ މުށިކުލައަކަށްދާ އަޅި ކުލައެކެވެ. ހުޅުނބުތަކުގެ މެދު ހުންނަނީ ފަނޑު ކުލައެއްގައެވެ. މަހުގެ ނިގޫފަތުގެ ބުޑުދަށް
ހުންނަނީ ހުދުކުލައިގައެވެ. މިހިކައަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހުގައި ހުންނަ އާދަޔާ ޚިލާފު
ސިފައަކަށް ވިސްނާ މި މަހަށް ކިޔާ އިނގިރޭސިނަމާއި ގުޅޭގޮތަށް "ގާފުރޮޅާހިކާ” ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން: : Rockmover wrasse

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!