މަސްވެރިކަމާއި ގުޅޭ

މާހުޅުނބު ލަނޑާ

މާހުޅުނބު ލަނޑާއަކީ ރާއްޖޭގެ މަސްވެރިން ދަންނަ މަޝްހޫރުމަހެކެވެ. މިއީ ހިކާ އާއިލާގެ މަހެކެވެ. އަދި އެއާޢިލާގައި ހިމެނޭ އެންމެ ބިޔަވާމަހެވެ. މިލަނޑާއަކީ ފަރުބޭރުގައި 60 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އުޅޭ ބޮޑު ބިޔަމަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 2.3 މީޓަރަށެވެ. ޢާއްމުކޮށް ފެނިފައި ހުންނަނީ އެކަހެރިކޮށް އުޅޭތަނެވެ. މާހުޅުނބު ލަނޑާއަކީ ރާއްޖޭގައި ނިސްބަތުން މަދުންއުޅޭ އަދި މަދުވަމުންދާ ބާވަތަކަށްވުމާއެކު މިބާވަތް ރާއްޖޭގައި މިހާރުވަނީ ހިމާޔަތް ކުރެވިފައެވެ. އެހެންކަމުން މިބާވަތް ރާއްޖޭގައި މިހާރަކު ހިފައެއް ނޫޅެއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން
ރާއްޖޭގެ ފަރުތަކުގެ ބޭރުން ދެކެން އެންމެ ބޭނުންވާ އެއްބާވަތަކީ މާހުޅުނބު ލަނޑާއެވެ.

މަހުގެ ބުރަކަށި މަތީ ކޮތަރިބައިގައި 9 ހަރުކައްޓާއެކު 10 މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. ކަންފަތްގަޑުގައި 12 މަޑުކަށިހުރެއެވެ. މީގެ ބޮޑެތިމަހުގެ ލޮލާއި ދިމާލުންމަތި ނިތްގަނޑެއްހެން ނުކުމެފައިހުރެއެވެ. މަހުގެކުލައަކީ ފެހި ނޫކުލައެކެވެ. މަހުގެ ހުޅުނބުތަކުގައި މަހުގެ ދިގަށް ހުންނަ ކުރެހުންތަކެއް ހުރެއެވެ. މަހުގެ ބޮލުގައި އެކި ގޮތްގޮތަށް ކުރެހިފައިހުންނަ ރޮނގުތަކެއްހުރެއެވެ. މަހުގެ ޢާއްމު ކާނާއަކީ ބޭރުގައި ހަރު ތޮށިގަޑެއް ލެވިފައިހުންނަ ބޮއްޔާއި، ކަކުނިފާޑުގެ ސޫތްޕާއި ހިޔަމައެވެ.

އިނގިރޭސި ނަން: : Humphead wrasse, Napoleon wrasse

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!