މިފްކޯގެ ޕްރޮސެސިންގ ކެޕޭސިޓީ އިތުރުވެގެންދާއިރު، އެކުންފުނީގައި މަސައްކަތްކުރާ ދިވެހިނަށް ރަނގަޅު މުސާރައަށް ދިނުމަކީ އަމާޒެއްް ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސީއީއޯ އިސްމާއިލް ވިދާޅުވީ، އެކުންފުންޏަކީ 100 އިންސައްތަ ދިވެހިން މަސައްކަތްކުރާ ކުންފުންޏަކަށް ހެދުމަށްވެސްް މަސައްކަތްތަކެއް ކުރުމަށް ބޭނުންވާ ކަމަށެވެ.
"ފެލިވަރަކީ ކޭނަރީގައި ކްލީނަރުންގެގޮތުގައި، ގިނަ އަދަދަކަށް ބިދޭސީން މަސައްކަތްކުރާ ތަނެއް، އެވެސް މަދުކޮށް، ޓެކްނޮލޮޖީގެ އެހީގައި، ދިވެހިންނަށް ރަނގަޅު މުސާރައެއް ދޭ ކުންފުންޏަކަށް ހެދުން،" އިސްމާއިލް ވިދާޅުވިއެވެ.
މިފްކޯގެ މަސް ބަންދުކުރާ އެންމެ ބޮޑު ކާރުޙާނާއަކީ ފެލިވަރު މަސް ކާރުހާނާއެވެ. އިސްމާއިލް ވިދާޅުވީ، ފެލިވަރުގައި 40 އިންސައްތަ އަކީ ބިދޭސީން ކަމަށެވެ. އެހެން ނަމަވެސް މިފްކޯގެ އެހެން ހުރިހާ ސެންޓަރެއްގައި އެއަދަދަށް ބިދޭސީން މަސައްކަތް ކުރަމުން ނުދާ ކަމަށް ވިދާޅުވިއެވެ.
އިސްމާއިލް ފާހަގަކުރެއްވިގޮތުގައި ސްކިލްޑް ދިވެހިން ހޯދުމަށް ދަތިވާ ކަމަށެވެ. އެގޮތުން ރަނގަޅު މުސާރައެއްދީ، ސްކިލްޑް ދިވެހިން ހޯދުމަށް ތަމްރީންތައް ދިނުމަށްވެސް ވިސްނާފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
މިފްކޯގެ ހުރިހާ ސެންޓަރެއް ހިމެނޭހެން އެކުންފުނީގައި ގާތްގަނޑަކަށް 1700 މުވައްޒަފުން މަސައްކަތްކުރެއެވެ.
One Response
މިފްކޯގެ ވެރިން ގެ ގޮތުގައި ކޮންމެ ސަރުކާރެއްގައިވެސް ކޮރަޕްޓްބަޔަކުތިބޭ. އެހެންވީމާ މިފްކޯއަކުން މަސްވެރިންނަށް އަދި ރައްޔޮިތުންނަށް ފައިދާއެއްނުވާނެ.