މަސްވެރިކަމާއި ގުޅޭ

ތުނބި/ ފޮޓޯ: ޑައިވް ކްލަބް މޯލްޑިވްސް

ތުނބި

މިއީ ދިވެހިމަސްވެރިން ދަންނަ މަޝްހޫރުމަހެކެވެ. ރާއްޖޭގެ ފަރުފަޅުތަކުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. ފަރުބޭރުގައި ބޮޑެތި އައިން ހަދައިގެން މިމަސް އުޅެއެވެ. މިއީ ދިވެހިން ކައި އުޅޭ މަހެކެވެ. މަހުގެ ޢާއްމު ކާނާއަކީ މޫދުފެއްސާއި ފަނިފަކުސައެވެ. މިއީ ފަރުބޭރުން ފެހިއަޅައިގެންވެސް ބާނާ އަދި ވިއްދާއުޅޭ މަހެކެވެ. ފަޅުތެރޭގައި ދާއަޅައިގެންކުރާ މަސްވެރިކަމުގައި ވަރަށް ގިނައިން ތުނބި ހިފެއެވެ. މަހުގައި ހުންނަ އެންމެ ފާހަގަކުރެވޭ ސިފައަކީ އަނގައިގެ މަތީން ބޮލުގައި ހުންނަ ދަޅެވެ. ކަންފަތްގަޑު ކުޑައެވެ. މަހުގެ ދެފަރާތުން ފަހަތުކޮޅުގައި ދެކަށިހުރެއެވެ. މިއީ
މިބާވަތުގެ މަސް ހިފާގެންގުޅޭ ފަރާތްތަކުން ވަރަށް ވިސްނަންޖެހޭ ކަމެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 6 ހަރުކަށްޓާއެކު 27 އާއި 29 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށްހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 27 އާއި 29 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ މުށިއަޅި ކުލައެކެވެ. މަތީބައި ހުންނަނީ ކުލަގަދަކޮށެވެ. މިކުލަގަދަ ހިސާބު ހުންނަނީ ނޫކުލައެއްގައެވެ. މަހުގެ ބޮލާއި މުޅިހަށިގަނޑުގައި މުށިކުލައިގެ ކުދި ލައްތަކެއްހުރެއެވެ. ނިގޫފަތް ހުންނަނީ ހުދުކުލައެއްގައެވެ. މިމަސް އެންމެ ބޮޑުވަނީ 55 ސެންޓިމީޓަރަށެވެ. މިބާވަތުގެ ކުދިމަހުގެ ބޯމަތީގައި ދަޅެއް ނުހުރެއެވެ. ތުނބި ޢާއްމުކޮށް އުޅެނީ 40 މީޓަރަށްވުރެ ތިލައިގައެވެ.

އިނގިރޭސި ނަން: : Spotted unicornfish

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!