މަސްވެރިކަމާއި ގުޅޭ

NATHEEJA-3

ދ. މާއެނބޫދޫ "ނަތީޖާ-3"

ދ. މާއެނބޫދޫ ނަތީޖާ-3 އަކީ ޒަމާނީ ވަސީލަތްތަކާއިއެކު މަސްވެރިކަންކުރާ ދޯންޏެކެވެ. މި ދޯނި ޚާއްޞަކޮށްފައިވަނީ ދޮށީގެ މަސްވެރިކަމާ ބޮޑުކަންނެލީގެ މަސްވެރިކަންވެސް ކުރެވޭ ގޮތަށެވެ. ނަމަވެސް ހަމައެކަނި ކަންނެލީގެ މަސްވެރިކަން ކުރާތާ ގާތްގަނޑަކަށް 2 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

90 ފޫޓު ދިގު މި ދޯނީގައި އަޅާފައިވަނީ 405 ގެ ޔަންމާ އިންޖީނެކެވެ. މި އިންޖީނުން ދޯނި ހުސްކޮށް އޮންނައިރު ގަޑިއަކު 12 މޭލު ދުވެއެވެ. މި ދޯނި އެއްދުވަހުން އެންމެ ގިނައިން ބާނާފައިވަނީ 19 ޓަނު މަހެވެ.

މި ދޯނިން 20 ފަޅުވެރިން މަހަށްދެއެވެ. މި ދޯނީގެ ކެޔޮޅަކީ 22 އަހަރުގެ ޒުވާނެއްކަމަށްވާ ދ. މާއެނބޫދޫ މުހައްމަދު ނަޖީބެވެ.

ނަތީޖާ-3

 

ގުޅުންހުރި ލިޔުންތައް