މަސްވެރިކަމާއި ގުޅޭ

245619792_552466952487090_1855819548335542232_n

ހއ. އިހަވަންދޫ "ނޯއާ"

 ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސްވެރިކަމުގެ ދާއިރާއަަށްވެސް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުންނެވެ. މަސްވެރިކަމަށް ބޭނުންކުރާ ދޯނިތަކަށް މިފަހު ތާރީޙުގައި އައިސްފައިވާ ބަދަލުތަކާއި އެކު މަސްވެރިކަމަކީވެސް ހައްޓަށް އެހާ ބުރަ ނޫން މަސައްކަތެއްގައި ދަނީ ދައްކައިދެމުންނެވެ.
ޒަމާނީ ފެންވަރުގެ ދޯނިތަކުގެ ތެރެއިން ހއ. އިހަވަންދޫގައި ދުއްވާ " ނޯއާ" ދޯންޏަކީ ފާހަގަކޮށްލެވޭ ދޯންޏެކެވެ.
މި ދޯނި ބޭލީ މިއަހަރުގެ ޖުލައިމަހުތެރޭގައެވެ. ދޯނި ޑިޒައިންކޮށް ބަނދެފައިވަނީ އޯޝަން ވިކްޓްރީ ބޯޓުޔާޑު އދ އަތޮޅު މަންދޫގައެވެ.
ނޯވާ ދޯނީގެ ތައާރަފްއެއް އަދި ލިބެން ހުރި ޙިދުމަތްތަށް
 - ދޯނީގެ ދިގުމިނުގައި 90 ފޫޓް ހުންނަ އިރު ފުޅާ މިނުގައި 26 ފޫޓް ހުރޭ
- މި ދޯންޏަކީ ފަޅުވެރިންގެ ގޮތުގައި 18 - 25 މީހުންގެ ޖާގައިގެ ދޯންޏެއް
- މި ދޯންޏަކީ ޔަންމާ 405 ގެ އިންޖީން 3.4 (މީޑިއަމް ހެވީ) ގަޑިއަކު 5 .13 މޭލު ދުވާނެ
- ދޯނި ފަރުމާކޮށްފައިވަނީ ދޮށީ މަސްވެރިކަމާއި ބޮޑުކަންނެލީގެ މަސްވެރިކަމާއި ބޯވާ ދިލައިގެ މަސްވެރިކަންވެސް ކުރެވޭގޮތަށް
 -މިދޯނީގައި މަސް ރައްކާ ކުރުމަށް 14 ވަތްގަނޑާއި އެންދިރުވުމަށް 3 އެންވަތް ހުރޭ
- މަސްރައްކާކުރާ ވަތްގަނޑުތައް ޑިޒައިން ކޮށްފައިވަނީ އެއްމަސްދުވަހު އައިސް ނުވިރި ރައްކާކުރެވޭނެ ގޮތަށް
- މި ދޯނީގައި 30 ފީފާގެ ޑީސަލް ސްޓޯކުރެވޭނެ ޓޭންކާއި 8000 ލިޓަރުގެ ފްރެސް ވޯޓަރ ޓޭންކްވެސް ހުރޭ
-  ޒަމާނީ އެއްމެ ފަހުގެ ނެވިގޭޝަނަލް އިކްއިޕްމަންޓްސް ހުރޭ، އޭގެ ތެރޭގައި 96 މޭލު ކަވަރ ކުރާ ރޭޑަރާއި ފިޝް ފައިންޑަރ އަދި ޖީޕީއެސް ޗާޓް ޕްލޮޓަރ މަލްޓިފަންގްޝަނަލް ޑިސްޕްލޭސް ހިމެނޭ
- ސެޓްލައިޓް ޓީވީއާއި މުނިފޫހި ފިލުވުމަށް ރޭގަނޑު ގޭމް ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައިހުރޭ
- އެންދިރުވުމަށް މުޅިން އަލަށް ހަދާފައިވާ އިލެކްޓްރިކް ޕަމްޕް ހުރޭ
- އެން ހޯދުމަށް ފީނާ ޑްރޯންއާއި އެން އެޓްރެކްޓަ ވާނެ އަންޑަވޯޓަރ ލައިޓް ހުރޭ.
- މޫދު ލޮނު، ރީތި ފެނަށް ބަދަލު ކުރުމަށް ޑީސެލިނޭޝަން ޕްލާންޓާއި މިނަރަލްވޯޓަރ ޕިއުރިފަޔަރ ހުރޭ
- ފަޅުވެރިންގެ ސާފްތާހިރުކަން ދެމެހެއްޓުމަށްޓަކައި ލާން ގެންގުޅޭ އަންނައުނު ދޮވުމަށް ދޮންނަމެށިނުވެސް ބެހެއްޓިފައި ހުރޭ
- ފަޅުވެރިން ނިދުމަށް ކޮމްފޯޓް ފޯމް މެރިން ގޮދަޑިއާއި ސިޓިންރޫމް އަދި ނިދާ ކޮޓަރި ހުންނަނީ އޭސީކޮށްފައި
-  ރައްކާތެރި ގޮތުގައި އެއްޗެހި ރައްކާކުރެވޭނެ އިންތިޒާމާއި ފަޅުވެރިންގެ ޕަރސަނަލް ލޮކަރ ހުރޭ
- ބަދިގެއާއި ބަދިގޭގައި ބޭނުންކުރާ ތަކެއްޗަކީ ކަރަންޓުން ބޭނުން ކުރާތަކެތި
- މި ތަކެއްޗައް ކަރަންޓް ނެގުމަށްޓަކައި 30 ކިލޯ ވޯލްޓްގެ ކަމިންސް ދެ ޖެނެރޭޓަރ ހުރޭ
- ހިސާބު ކިތާބު ބެލެހެއްޓުމަށް "މައި ކެޕްޓަން" ސޮފްޓްވެއަރ މިދޯނީގައި ބޭނުންކުރޭ، މަސްވެރިންނަށް މުސާރަ ދިނުމުގެ ކަންކަންކުރަނީ އޮންލައިން ނިޒާމުގެ ތެރެއިން
-  ދޯނީގެ ސެކިއުރިޓީ ބެލެހެއްޓުމަށް ސީސީޓީވީ ކެމެރާ 24 ގަޑިއިރު އޮޕަރޭޓްކުރޭ
-  މި ދޯންޏަކީ ތިމާވެއްޓާރައްޓެހި، ޒީރޯ ޕްލާސްޓިކު ޔޫޒް ދޯންޏެއް
ގުޅުންހުރި ލިޔުންތައް