ފ. ބިލެއްދޫ ފާނަ މަސްވެރިންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޖަވާހިރު-2 ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ޖަވާހިރު-2 ހޯދީ ފައިނަލްގައި ހަލަނޑު ތިން ލަނޑުން ރަސްމަގު-4 ބަލިކޮށްގެންނެވެ.
މި މަހުގެ 18 ވަނަ ދުވަހު ފެށި މި މުބާރާތަކީ ބިލެއްދޫ ފާނަ މަސްވެރިންގެ މެދުގައި ކުޅުނު މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ފާނަ މަސްވެރިކަންކުރާ ދޯނިފަހަރުންނެވެ. މި މުބާރާތުގާއި ބިލެތްދޫގެ ފާނަ މަސްވެރިކަން ކުރާ 6 ދޯންޏަކުން ބައިވެރިވިއެވެ. މި މުބާރާތުގެ ފައިނަލަށް ދެ ދަތުރުކުރީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމެވެ.

- މުޅި މުބާރާތުގެ އެންމެ މޮޅުމޮޅު ކުޅުންތެރިޔާ: ސިފުނީޒު ނާސިރު (ޖަވާހިރު-2 ދޯނި)
- އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ: ވިޝާމް ހަލީލް (ރަސްމަގު4 ދޯނި)
- އެންމެ މޮޅު އުމުރުން އެންމެ ދުވަސްވީ ކުޅުންތެރިޔާ: އީސަބެ (ޖަވާހިރު-2)
- އެންމެ އުއްމީދީ ކުޅުންތެރިޔާ: ސާވިލް ސާމިލް (ރަސްމަގު-4)

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ:
ސިފުނީޒު ނާސިރު: ޖަވާހިރު-2
ވިސާމް ހަލީލް: ރަސްމަގު-4
އަހުމަދު ހަސަން: ކަޅިރަވަ-3
ފައުޒާން ފަވާޒު: ޖަވާހިރު-2
ހިސާން : ރަސްފަރި

ފ.ބިލެއްދުއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގެ ފާނަ މަސްވެރިކަން ކުރާ ރަށެވެ. މިރަށު ރައްޔިތުންގެ މައިގަނޑު މަސައްކަތަކީ ފާނަ މަސްވެރިކަމެވެ. މި މުބާރާތަކީ ހުރިހާ ފާނަ މަސްވެރިންގެ ޗުއްޓީ ދުވަސްވަރު ބާއްވަމުން އަންނަ ފޯރިގަދަ މުބާރާތެކެވެ.