ކޮޅުމަޑުލު ވަންދޫ / ފޮޓޯ: އަހުމަދު ރަސްނާނު
ކޮޅުމަޑުލު ވަންދޫ / ފޮޓޯ: އަހުމަދު ރަސްނާނު

ތ. ވަންދޫ އައިސްޕްލާންޓްގެ މަސައްކަތް ނިމިއްޖެ

ތ. ވަންދޫގައި އަމިއްލަ ފަރާތަކުން މަސައްކަތްފެށި އައިސްޕްލާންޓްގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތު ދެމުން އިނާޒް ބުނީ، ވަންދޫގައި ގާއިމްކުރި "ސީސީއައިއޭ އައިސް ޕްލާންޓް" ގެ  ޚިދުމަތް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެތެރޭގައި ދޭން ފަށާނެކަމަށެވެ. މި ޕްލާންޓާއެކު އަތޮޅުގެ މަސްވެރިންނަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އިނާޒް ބުންޏެވެ.

މި ޕްލާންޓަކީ އަމިއްލަ ކުންފުންޏެއްކަމަށްވާ "ސީސީއައިއޭ" އިން ޤާއިމް ކުރި އައިސްޕްލާންޓެކެވެ. ޖުމްލަ 6 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ޤާއިމްކުރި މި ޕްލާންޓަކީ ދުވާލަކަށް 30 ޓަނު އުފެއްދޭ އައިސް ޕްލާންޓެކެވެ. މި ޕްލާންޓްގެ ޚިދުމަތް ދޭން ފެށުމުން ވަންދޫގެ މަސްވެރިންގެ އިތުރުން އަތޮޅުގެ މަސްވެރިންނާއި ރާއްޖޭގެ ހުރިހާ މަސްވެރިންނަށް މީގެ ފައިދާ ކުރާނެކަމަށް މެނޭޖަރު ވިދާޅުވިއެވެ.

"އެންމެ ބޮޑު ބޭނުމަކީ މަސްވެރިންނަށް ލުއި ގޮތަކަށް އައިސް ފޯރުކޮއްދިނުން. އަޅުގަނޑުމެން މި ބަލަނީ ވީހާވެސް ކުޑަ އަގެއްގައި މަސްވެރިންނަށް އައިސް ވިއްކަން. މިއީ ވިޔަފާރިއަށްވުރެ ބޮޑަށް ޚިދުމަތެއް ދިނުމުގެ ވިސްނުމުގައި ބެހެއްޓި ޕްލާންޓެއް. މި މަޝްރޫއުގެ ތެރޭގައި މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ. އަދި އައިސްޕްލާންޓް ހިމެނޭ ސަރަހައްދުގައި މަސްވެރިކަމުގެ ސާމާނު ލިބޭނެ ފިހާރައެއް ހެދުމުގެ މަސައްކަތްވެސް އެބަކުރަން." އިނާޒް ބުންޏެވެ.

ސީސީއައިއޭ އަކީ ވަންދޫގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮއްދެމުން އަންނަ ކުންފުންޏެކެވެ. އެކުންފުނީގެ ފަރާތުން ރަށުގެ އިޖުތިމާޢީ ހަރަކާތްތަކަށާއި ކުޅިވަރު ހަރަކާތްތަކަށް ފުޅާދާއިރާއެއްގައި އެހީތެރިކަން ފޯރުކޮއްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ވަންދޫގައި ދުއްވާ އެންމެ ބޮޑު މަސްދޯނި "އޮއިކުރި" ދޯންޏަކީވެސް ސީސީއައިއޭގެ ދޯންޏެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!