ގއ.ގެމަނަފުށީ ބަނދަރު ސަރަހައްދުގައި ހުންނަ މަސްމާރުކޭޓް އިމާރާތް ކުއްޔަށް ދޭން އިޢުލާންކޮށްފިއެވެ.
ގެމަނަފުށީ ކައުންސިލްގެ އިދާރާއިން ވިދާޅުވީ ތަން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 5 އަހަރު ދުވަހަށް ކަމަށާއި، ތަން ކުއްޔަށް ދޫކުރެވެނީ ވިޔަފާރި ކުރުމަށް ކަމަށެވެ. ބިޑް ފެށޭ އަގަކީ 5000 ރުފިޔާއެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި، ބިޑު ހުށަހެޅުމުގެ ކުރިން 10000 ރުފިޔާ ކައުންސިލް އިދާރާއަށް ދައްކަން ޖެހޭނެއެވެ.
އަދި ބިޑް ކާމިޔާބު ވެއްޖެނަމަ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި 15000 ރުފިޔާ ކައުންސިލް އިދާރާގައި ބަހައްޓަން ޖެހޭނެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 4 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން ބިޑުގައި ބައިވެރިވުމަށް އެދި ސިޓީ ހުށަހަށަންޖެހޭނީ، gemoffice@gmail.com ނުވަތަ ކައުންސިލް އިދާރާއަށެވެ. ބިޑުގައި ބައިވެރިވެވޭނީ ބިޑްގައި ބައިވެރިވުމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ.
ޕްރީބިޑް މީޓިން އޮންނާނީ 4 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މި މީޓިންގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބިޑުގައި ރަޖިސްޓްރީ ކުރައްވާފައިވާނަމަ ބިޑް ހުށަހެޅުމުގައި ބައިވެރިވެވޭނެއެވެ.
ބިޑް ހުށަހެޅުން އޮންނާނީ 16 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.