ތ. ވަންދޫގައި އަމިއްލަ ފަރާތަކުން ޤާއިމްކުރި އައިސްޕްލާންޓްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
މަސްވެރިން އެމްވީއަށް މަޢުލޫމާތު ދެމުން ވަންދޫ "ސީސީއައިއޭ އައިސް ޕްލާންޓް" ގެ މެނޭޖަރު މުޙައްމަދު އިނާޒު ބުނީ މި ޕްލާންޓާއެކު އަތޮޅުގެ މަސްވެރިންނަށް ވިދާވެފައިވާ އައިސް ހޯދުމުގެ ދަތިކަމަށް ކޮންމެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
"ވަންދޫގައި ސީ.ސީ.އައި.އޭއިން ޤާއިމްކުރި އައިސް ޕްލާންޓްނިމި މިވަގުތުން ފެށިގެން ޕްލާންޓުން އައިސް ގަންނަން ލިބެން ހުންނާނެ، އައިސް ޓަނެއް ވިއްކުމަށް ހަމަޖެހިފައިވަނީ 1200 ރުފިޔާއަށް. އައިސް ގަތުމަށް 7446498، 7942324, 7774631 މި ނަމްބަރުތަކަށް ގުޅުއްވުން އެދެން،" ވަންދޫ މަސްވެރިންގެ ޕޭޖުން ބުނެފައިވެއެވެ.
މި ޕްލާންޓަކީ އަމިއްލަ ކުންފުންޏެއްކަމަށްވާ "ސީސީއައިއޭ" އިން ޤާއިމް ކުރި އައިސްޕްލާންޓެކެވެ. ޖުމްލަ 6 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ޤާއިމްކުރި މި ޕްލާންޓަކީ ދުވާލަކަށް 30 ޓަނު އުފެއްދޭ އައިސް ޕްލާންޓެކެވެ. މި ޕްލާންޓްގެ ޚިދުމަތް ދޭން ފެށުމުން ވަންދޫގެ މަސްވެރިންގެ އިތުރުން އަތޮޅުގެ މަސްވެރިންނާއި ރާއްޖޭގެ ހުރިހާ މަސްވެރިންނަށް މީގެ ފައިދާ ކުރާނެކަމަށް މެނޭޖަރު ވިދާޅުވިއެވެ.


