މިފްކޯއިން މިހާރުވެސް ބާޒާރަށް ނެރެ ވިއްކާ އުފެއްދުމެއް، ފޮޓޯ- މިފްކޯ
މިފްކޯއިން މިހާރުވެސް ބާޒާރަށް ނެރެ ވިއްކާ އުފެއްދުމެއް، ފޮޓޯ- މިފްކޯ

މިފްކޯއިން އިތުރު ވަތްތަރެއްގެ މަސްދަޅު ބާޒާރަށް ނެރެނީ

ލުނބޯ އަޅައިގެން ތައްޔާރުކޮށްފައި ހުންނަ މަސްދަޅު ބާޒާރަށް ނެރުމަށް ނިންމާފައިވާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އިސްމާއިލް ވިދާޅުވީ އެންމެ ފަހުން ބާޒާރަށް ނެރުނު ގިތެޔޮ މިރުސް މަސްދަޅަށް އާއްމުންގެ ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައިވާއިރު، އިތުރު ރަހަތަކުގެ މަސްދަޅުތަށް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން މިހާރުވެސް 3 ވަރަކަށް އުފެއްދުން ޓެސްޓުކުރުމުގެ މަރުޙަލާ ކުރިއަށްދާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

"ހޮޓްޕެކްގައި ލެމަން ހިމެނޭގޮތަށް އިތުރު ޕްރޮޑަކްޓެއް އެބަ ތައްޔާރުކުރަން، އެއަށްވެސް ވަރަށް ރަނގަޅު ކޮމެންޓު ލިބިފަހުރީ، ދާދި އަވަހަށް އެވެސް ޕްރޮމޯޓުކުރާނަން،" އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ އެކުންފުނީގެ ވާދަވެރި އިތުރު ކުންފުނިތައްވެސް ހުރިއިރު، މާރކެޓިންގެ ސްޓްރެޓަޖީއަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެގޮތުން ބާޒާރަށް އުފެއްދުންތައް ނެރުމުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. 

"ޕްރޮޑަކްޓު ބާޒާރަށް ނެރުމުގެ ކުރިން ތިން މަސް ނުވަތަ ހަތަރު މަސް ދުވަސްވަންދެން ބަހައްޓަން، މިއީ ރަހަ ރަނގަޅު ކުރަން، މިއީވެސް ޕްލޭނެއްގެ ދަށުން ކުރެވޭ މަސައްކަތެއް،" އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯއިން މަހުގެ ތަފާތު އުފެއްދުންތަށް ބާޒާރަށް ނެރެ ވިއްކަމުންދާއިރު، މީގެ ތެރޭގައި ވަޅޯމަހުގެ އުފެއްދުންތަކާއި ރިހާކުރުވެސް ހިމެނެއެވެ. އަދި ތާޒާ ރޯމަސްވެސް މިފްކޯއިން ދަނީ ވިއްކަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!