photo1635937096

މަސްދަތުރު ދާން ބޭނުންނަމަ މިހާރު ވަރަށް ފަސޭހަ! މަސްދަތުރު.ކޮމް އިން ދަތުރުގެ ހުރިހާ އިންތިޒާމެއް

ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމުގެ ތެރެއަށް ލިބިގެންދިޔަ ފަސޭހަކަމުގެ ތެރެއިން މިކަން ވެސް މިވަނީ ފަސޭހަ ވެގެން ގޮސްފައެވެ. މަސްދަތުރު ޑޮޓްކޮމްއަށް ޒިޔާރަތް ކޮށްލަމާ ހިނގާށެވެ. އެންމެ އެކަށޭނަ ގޮތެއްގައި މަސްދަތުރު ހަމަޖައްސައިލުމަށް މިހާރު އަތުގައި އޮތް މޯބައިލް ފޯނުވެސް ފުދެއެވެ.

މި ވެބްސައިޓްގެ ކެޓަގަރީ ސެލެކްޓް ބޮކްސްއަށް ފިތާލުމަށް ފަހު ތިޔަ ރާވާ ދަތުރަކަށް އެންމެ އެކަށޭނަ އުޅަނދު ސެލެކްޓް ކޮށްލާށެވެ. ދޯނިވިޔަސް ލޯންޗު ވިޔަސް އެންމެ ރަނގަޅެވެ. އަދި އެ އުޅަނދެއްގެ ތަފްސީލީ މަޢުލޫމާތު ބަލައިލާށެވެ. ލިބެނީ އަދި ނުލިބެނީ ކޮން ޚިދުމަތެއްތޯ ވެސް ބަލައިލާށެވެ. އުޅަދުގެ ދުވެލި ހުންނަވަރާ އިންޖީނު ހުރި ވަރާ، ކަންވާރާ ބުޅިއަދި އެންމަސް ދޭތޯވެސް ބަލާ ލެވޭނެއެވެ. އުޅަނދުގެ ފޮޓޯ ވެސް މެއެވެ. ބޭނުންނަމަ އުޅަނދުގެ އިސްފަރާތަކާއި ގުޅާލުމަށް ބޭނުންވާ ފޯން ނަމްބަރު ނުވަތަ ނަމްބަރުތަށް ވެސް އެ ހުރީ ފެންނާށެވެ.

ބޭނުންނަމަ ކުރިޔާލައި މަސްދަތުރު ރާވާލަންވީއެވެ. ދަތުރު ރާވާލާ ދުވަހުގެ ލަފާކުރެވޭ މޫސުން ވެސް މި ވެބްސައިޓްގެ މޫސުން ބެލުމަށް ހާއްސަ ކުރެވިފައިވާ އައިކަންއަށް ފިތާލުމުން އެ ހުރީ ފެންނާށެވެ. މަސްދަތުރު ރާވާމިލެވެނީ ކޮން ނަކަތެއްގެ ކޮން ދުވަހެއްތޯއާއި އަދި ކޮންކަހަލަ ނަކަތެއް ތޯވެސް ނަކަތް ޖަހާފައިވާ ބަޓަންއަށް ފިތާލުމުން ފެންނާނެއެވެ. މަސްދަތުރު ދިއުމަށް ބޭނުންވާ ދުވަހުގެ އެންމެ އެކަށޭނަ ދިޔަވަރު ލިބެނީ ކޮން ވަގުތެއްގައި ތޯ ވެސް ބޭނުންނަމަ ހަމަ ބަލައިލަންވީއެވެ.

މަސްދަތުރުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ފަރާތްތަކުން އެ ފަރާތެއްގެ އުޅަނދު، މި ވެބްސައިޓަށް ވަދެ ހިލޭ ރަޖިސްޓަރީ ކޮށްލަންވީއެވެ. އަދި އެ ބަޔަކަށް މަސްވެރިކަމަށް ރަނގަޅު ޕޮއިންޓްތައް ވެސް އެޑް ކުރުމަށް ރިކުއެސްޓް ކޮށްލުމުން އެކަން ވެސް ހަމަޖެހިގެން ދާނެއެވެ. މިވަގުތު މި ވެބްސައިޓް މެދުވެރިކޮށް މާލޭ ސަރަހައްދުގެ މަޝްހޫރު ގިނަ ފިޝިން ޕޮއިންޓްސް ވެސް ފެންނަން ހުރެއެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގެ އުޅަންދެއް ވެސް މި ވެބްސައިޓްގައި ރަޖިސްޓަރީކޮށް އެ ސަރަހައްދެއްގެ މަސްވެރިކަމަށް ރަނގަޅު ޕޮއިންޓްތައް އެޑްކޮށްލަންވީއެވެ. އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެއެވެ.

މި ވެބްސައިޓަކީ މަސްދަތުރު ދާން ބޭނުންވާ ފަރާތްތަކަށާއި އަދި އުޅަނދުތަކުގެ ވެރިންނަށް ވެސް ވަރަށް ފައިދާބޮޑު ބޭނުންތެރި ޚިދުމަތެކެވެ. އުޅަނދުތަކުގެ ވެރިންނާއި ދަތުރުވެރިން ގާތް ކޮށްދޭ ޚިދުމަތެކެވެ. މި ވެބްސައިޓަށް ވަދެ އެއްވެސް ކަމެއް އޮޅުންއަރާނަމަ ވެބްސައިޓްގައި ދީފައިވާ ހޮޓްލައިން ނަމްބަރަށް ގުޅާލުމުން އެކަމުގެ އެހީތެރިކަން ވެސް ލިބިގެންދާނެއެވެ.

ވީމާ އާއިލާއާއިއެކު ނުވަތަ ރަހުމަތްތެރިންނާއިއެކު ނުވަތަ އޮފީސް ކުދިންނާއިއެކު މަސްދަތުރެއް ރާވާލައި އެކަމަށް އެކަށޭނަ އުޅަނދެއް ހޯދުމަށާއި، މަސްވެރިކަން ރަނގަޅު ހިސާބުތަކަށް ދަތުރު ކޮށްލުމުގެ އިންތިޒާމް ހަމަޖެއްސުމަށް މަސްދަތުރު ޑޮޓްކޮމް އަށް ޚިޔާރު ކޮށްލަމާ ހިނގާށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!