ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރައްވައިފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ. ޖުމްލަކޮށް މުޅި ރާއްޖެއަށް މޫސުމް ގޯސްވާނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށާއި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އެންމެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވަނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.



