މަސްވެރިކަމާއި ގުޅޭ

ވާލަން ރޮނޑު

ވާލަންރޮނޑަކީ ރާއްޖޭގައި އެންމެ ގިނައިން އުޅޭ ރޮނޑެވެ. މިރޮނޑު ވިލުވިލުގައްޔާއި ފަރުފަޅާއިބޭރުމަތީގައި އުޅެއެވެ.
މިއީ ބޮޑެތި އައިން ހަދައިގެން އޮއިމައްޗަށް ނުކުމެއުޅޭމަހެކެވެ. މިރޮނޑު އެންމެ ބޮޑުވަނީ 40 ސެންޓިމީޓަރަށެވެ. މިބާވަތުގެ ރޮނޑުވެސް ބިސްއަޅަނީ ފަރުބޭރުގައި މަރުވެ މުގުރިފައި ހުންނަ މުރަކަތަކުގެ ތެރޭގައި ހާލިހަދައިގެންނެވެ. އަދި ފިރިހެންމަސް ހާލި ޙިމާޔަތްކުރުމުގައި މަސައްކަތްކުރެއެވެ. މިއީ ފަރުބޭރުގައި ދުވާލު ނަނުފައްތައިގެން ކުރާ ކެޔޮޅުކަމުގައި ބައެއްފަހަރު އުނދަގޫކުރާ ކަމަށް ބެލެވިފައިވާ މަހެކެވެ. އެއީ އެންމަސްކޮޅު ހަމަ
ވައްޓާލާއިރަށް ބައިބަޔަށް އައިސް އެއްތަނަށް ތޮއްޖެހި އިސާހިތަކު ކޮށް ހުސްކޮށްލާތީއެވެ. މިއީ ދިވެހިން ކެއުމަށް ވެސް ބޭނުންކޮށްއުޅޭ މަހެކެވެ. އަދި ދިރޭމަސް ބޭރުކުރާ ފަރާތްތަކުންވެސް ރާއްޖެއިން ބޭރުކުރާ އެއްބާވަތެއްގެ ރޮނޑެވެ. މަހުގެ ޢާއްމުކާނައަކީ ކަނޑުގައި ހުންނަ ކުދިކުދި ސޫތްޕެވެ.

މިބާވަތުގެ ރޮނޑު ރޭގަނޑު ނިދާއުޅެނީ ފަރުގައި ހުންނަ ކުދި ހޮރުތަކުގެ ނިވާކަން ހޯދައިގެންނެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 33 އާއި 30 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 28 އާއި 31 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށްހުރެއެވެ. މީގެ ބޮޑެތިމަހުގެ ނިގޫފަތުގެ ކޮޅު ފަހަތަށް ދިގުވެފައި ހުރެއެވެ. މަހުގެ ކޮލުގައި ހުޅުނބު ހުރެއެވެ. މަހުގެ ކުލައަކީ ގަދަ ނޫކުލައެވެ. ބައެއްފަހަރު މިނޫކުލަ
ވަރަށް ގަދަކޮންނާއި ފެހިމުށިކުލައެއްގައި ހުރެއެވެ. މަހުގެ ދަތްތައް ހުންނަނީ ރަތްކުލައިގައެވެ.

އިނގިރޭސި ނަން: Redtoothed triggerfish

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މަސް ކެވޭތޯ ނުވަތަ ކެއުން ރަނގަޅުނޫން މަހެއްތޯ؟

Comments are closed.