މަސްވެރިކަމާއި ގުޅޭ

އައިސްޕްލާޓެއް/ ފޮޓޯ: މަސްވެރިން.އެމްވީ
އައިސްޕްލާޓެއް/ ފޮޓޯ: މަސްވެރިން.އެމްވީ

ރ. މަޑުއްވަރީގައި ޤާއިމްކުރާ އައިސްޕްލާންޓްގެ މަސައްކަތް ޑިސެމްބަރުގައި ނިމޭނެ: މިނިސްޓަރ ޒަހާ

ރ.މަޑުއްވަރީގައި ޤާއިމްކުރާ އައިސްޕްލާންޓްގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރުމަހު ނިމޭނެކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ސުވާލުރައްވާފައިވަނީ  އިންޑިއާ ސަރުކާރުގެ އެހީގައި މަޑުއްވަރީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ އައިސް ޕްލާންޓްގެ މަސައްކަތް ލަސްވަނީ ކީއްވެތޯއާއި އަދި އައިސް ޕްލާންޓުގެ މަސައްކަތް ނިމި، ހިދުމަތް ލިބެން ފަށާނީ ކޮން ތާރީހެއްގައިތޯ އެވެ.

މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މިއަހަރުގެ މާރޗްމަހުގެ ނިޔަލަށް އެ ރަށުގައި އައިސްޕްލާންޓް ޤާއިމްކޮށް ނިންމުމަށް އަމިއްލަ ކުންފުންޏަކާ އެކު އެެއްބަސްވުމުގައި ސޮއި ކުރީ 13 ނޮވެމްބަރު 2019 ގައިމަކަށާއި ނަމަވެސް އެމަސައްކަތް ނިންމުމަށް ބޭނުންވާ މާލީ ޤާބިލްކަން އެކުންފުނީގެ ނެތްކަމަށެވެ. އަދި މިމަހުގެ ތޭވަ ވަނަ ދުވަހު އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ މިހާރު އެރަށުގެ އައިސްޕްލާންޓުގެ މަސައްކަތް ކުރަމުންދަނީ ދައުލަތުގެ ކުންފުންޏަކާއި ގުޅިގެން ކަމަށެވެ. 4.1 މިލިޔަން ރުފިޔާގެ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 120 ދުވަސް ތެރޭގައި ނިންމާގޮތަށްކަމަށް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވިއެވެ.

 

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!