މަރުވެފައިއޮތް ބޮޑު މަހެއް އައްޑޫސިޓީ ހިތަދޫއަށް ލައްގައިފި

WhatsApp Image 2021-11-13 at 11.09.34 (5)

އައްޑޫސިޓީ ހިތަދޫއަށް މަރުވެފައިއޮތް ބޮޑު މަހެއް ލައްގައިފިއެވެ.

މި މަސް ލައްގާފައިވަނީ އައްޑޫސިޓީ ހިތަދޫގެ ހުޅަނގު ފަރާތުން ނޭޗާރޕާކާ ދިމާލުން ފުއްޓަރަށެވެ. އައްޑޫސިޓީން މަޢުލޫމާތުދިން މީހަކު ބުނީ މިމަހަކީ 30 ފޫޓާއި 40 ފޫޓާ މެދެމުދުގެ ބޮޑުމިން ހުންނަވަރުގެ މަހެއް ކަމަށެވެ.

"މިއަދު 9:30 އެހާކަންހާއިރު އަޅުގަނޑުމެންނަށް މި ފެނުނީ މަސް ލައްގަނިކޮށް. ގާތްގަނޑަކަށް 10:40 އެހާ ކަންހާއިރު ފަރުމައްޗަށް އެއްގީ. ވަރަށް ބޮޑު މަހެއް މީ. ފުދޭވަރަކަށް ހަލާކުވެފަ އޮތީވެސް". މަސްވެރިން އެމްވީއަށް މަޢުލޫމާތުދިން އައްޑޫސިޓީ މީހަކު ބުންޏެވެ.

ބޮޑުމަހަކީ އާންމުކޮށް ރާއްޖޭގެ މާހައުލުގައި އުޅޭ މަހެއް ނޫނެވެ. ނަމަވެސް ދޭތެރެދޭތެރެއިން ރާއްޖޭގެ ސަރަހައްދަށް ބޮޑުމަސް ވަދެ އުޅެއެވެ. އަދި މަރުވެފައިވާ މިފަދަ މަސްތައް ރާއްޖޭގެ ބައެއް ރަށްރަށަށް މީގެ ކުރިންވެސް ލައްގާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ