catfish

މަދުން ނޫނީ ނުފެންނަ ވައްތަރުގެ ކެޓްފިޝްއެއްް ބާނައިފި

މަދުން ނޫނީ ނުފެންނަ ވައްތަރުގެ ކެޓްފިޝްއެއްް ނެތަރޭޓްސްގެ މަސްވެރިއެއް ބާނައިފިއެވެ.

ކެޓް ފިޝްގެ ވަތްތަރެއް ކަމަށްވާ ވެލްޝް ކެޓުފިޝް އަކީ މަދުން ފެންނަ މަހެއް ނޫނެވެ. ޔޫރަޕްގެ ކޯރުތަކާއި ފެންގަނޑުތަކުގައި އާންމުކޮށް އުޅޭ ކެޓްފިޝް ތަކުގެ ގައިގެ ކުލަ އާއްމުގޮތެއްގައި ހުންނަނީ ގަދަ ފެހި ކުލައިގައެވެ. އަދި ރީނދޫ ކުލައިގެ ތިކިތަކެއް ގައިގައި ހުރެއެވެ.

އެހެންނަމަވެސް ނެތަލޭންޑްސްގެ މަސްވެރިއެއްކަމަށްވާ ގްލަޓްސް ބާނާފައިވާ މަހަކީ ވަރަށް މަދުން ފެންނަ ވަތްތަރުގެ މަހެކެވެ. މިމަހުގެ މުޅި ގައިގެ ކުލައަކީ ރީނދޫކުލައެވެ. ދިރާސާތަކުން ދައްކާގޮތުން މިއީ މަހަށް ޖެހޭ ބައްޔެއް ކަމަށްވާ ލިއުސިޒަމް ޖެހުމުންވާގޮތެވެ. އެގޮތުން މަހަށް މިބަލި ޖެހުމުން ހަންގަނޑުގެ ޕިގްމެންޓޭޝަން މަދުވެއެވެ. ނަމަވެސް މި ބަލި ޖެހެނީ މަދު ފަހަރެއްގައެވެ.

މިބަލި ޖެހިފައިވާ އެހެން ޖަނަވާރުތަށްވެސް މީގެކުރިން ފެނިފައި އެބަހުއްޓެވެ. އެގޮތުން ރީނދޫ  ކުލައިގެ ޕެންގުއިންއާއި، ހުދު ވެލާ އަދި ހުދު ކުލައިގެ ބޮޑުމަސްތައްް ފެނިފައި އެބަހުއްޓެވެ.

މި މަސް ބޭނި ފަރާތުންވަނީ މަހާ އެކީ ފޮޓޯ ނެގުމަށްފަހު މަސް ދޫކޮށްލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!