މަސްވެރިކަމާއި ގުޅޭ

The government says it wants to 'strike the right balance' between the benefits of the aquaculture industry while managing potential environmental impacts.

ރަށްފުށުގެ މުޖުތަމައުތަކަށް "އެކުއަރކަލްޗަރ"އަކީ ވަރަށް ފައިދާހުރި ކަމެއް: ސްކޮޓްލޭންޑް މެރިން

އެކުއަރކަލްޗަރގެ ދާއިރާގެ ސަބަބުން ސްކޮޓްލެންޑުގެ ޖަޒީރާ އަދި ރަށްފުށުގެ މުޖުތަމައުތަކަށް އިޤްތިސާދީ އަދި އިޖްތިމާއީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާކަަމަށް ސްކޮޓްލޭންޑްގެ މަސްވެރިކަމާއި، އިޤްތިސާދީ ކަނޑުގެ ސަރަހައްދު ބަލަހައްޓާ އިދާރާ، ސްކޮޓްލޭންޑް މެރިންއިން ބުނެފިއެވެ.

ސްކޮޓްލޭންޑް މެރިންއިން އިން މިކަން ހާމަކުރީ "ސަޕޯޓިން ދަ އިކޮނޮމިކް، ސޯޝަލް އެންޑް އެންވާރަމަންޓަލް ސަސްޓެއިނަބިލިޓީ އޮފް ޔޫކޭސް މެރިން ސެކްޓަރ" ނަމަކަަށް ކިޔާ ރިޕޯޓެއްގައެވެ. ސްކޮޓްލޭޓް މެރިންއިން މިރިޕޯޓު ތައްޔާރުކޮށްފައިވަނީ އިޤްތިސާދީ އަދި އިޖްތިމާއީ ކަންކަން ދިރާސާ ކުރާ "އެކޮސްޖެން" ނަމަކަށް ކިޔާ ގްރޫޕަކާއިއެކު  ކުރި ދިރާސާއެއްގެ މައްޗަށެވެ. މިދިރާސާ ކުރިޔަށް ގެންދިޔައީ އެކުއަރކަލްޗަރ ހިންގާ މުޖުތަމައުތަކުގެ އެކިއެކި ކަންކަން ހޯދުމަށެވެ.

މިރިޕޯޓުގައި ވާގޮތުން އިނގިރޭސިވިލާތުގެ ސްކޮޓްލޭންޑުގައި އެކުއަރކަލްޗަގެ މަޝްރޫތައް ކުރިޔަށް ގެންދާ ޖަޒީރާ އަދި ރަށްފުށުގެ ސަަރަހައްދުތަކަށް މުޅި އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް ވަޒީފާގެ ފުރުސަތުތަކާއި، އިޤްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރެއެވެ.

ސްކޮޓްލޭންޑުގެ ރަށްފުށުގެ އިޤްތިސާދީ ކަންކަން ބަލަހައްޓާ ސެކެޓްރީ ފާރގަސް އެވިންގް ވިދާޅުވީ ޖަޒީރާ އަދި ރަށްފުށުގެ މުޖުތަމައުތަކަށް އެކުއަރކަލްޗަރއަކީ ކިހާ މުހިންމުކަމެއްކަން މިރިޕޯޓުން އަނެއްކާވެސް އެނގިގެން ގޮސްފައިވާކަމަށެވެ. އަދި މިފަދަ މުޖުތަމައުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމުގައި އެކުއަރކަލްޗަރގެ ދާއިރާ ކުޅޭ މިހިންމު ރޯލު މިރިޕޯޓުން ޔަޤީންވެގެންދާކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގެ އެންމެ ބޮޑު ހެއްކަކީ މިސަރަހައްދުތަކުގައި އެކުއަރކަލްޗަރގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބޭ އާމްދަނީ އެހެން ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށްވުރެ ރަގަނޅުވުމެވެ.

ސެކެޓްރީ ފާރގަސް ވިދާޅުވީ ސްކޮޓްލޭންޑުގެ ޖަޒީރާ އަދި ރަށްފުށުގެ ސަރަހައްދުތަކުގެ އެކުއަރކަލްޗަރ ދާއިރާ މިހާރަށްވުރެ ފުޅާކުރުމަށް އެކުއަރކަލްޗަރ ދާއިރާގައި އުޅޭ ފަރާތްތަކަށް އިތުރު ތަމްރީނާއި، ވަސީލަތްތައް ފޯރުކޮށްދިނުން މުހިންމުކަމަށެވެ. އަދި މިދާއިރާއަށް އިތުރު މީހުން ވައްދަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ކޯވިޑް-19 ގެ ސަބަބުން ސްކޮޓްލޭންޑުގެ އެކުއަރކަލްޗަރ ދާއިރާއަށް ކުރިމަތިވާނެ ގެއްލުންތަކުގެ ސަބަބުން ޖަޒީރާ އަދި ރަށްފުށުގެ މުޖުތަމައުތައް ކުރާނެ އަސަރު ކުޑަކޮށް، އެސަރަހައްދުތައް ރައްކާތެރިކުރުމަށް ސްކޮޓިޝް ސަރުކާރުން މަސައްކަތް ކުރާނެކަމަށް ފާރގަސް ފާހަގަކުރެއްވިއެވެ.

ސްކޮޓްލެންޑް މެރިންގެ މިރިޕޯޓުގައި ޖަޒީރާ އަދި ރަށްފުށުގެ ސަރަހައްދުތަކިގައި އެކުއަރކަލްޗަރ މަޝްރޫތައް ކުރިޔަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން މިދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް އެކަށީގެންވާ ތަމްރީން ބޭނުންވާކަން ފާހަގަވެފައިވެއެވެ. މިގޮތުން އެކުއަރކަލްޗަރއަށް ގުުޅުންހުރި އެންޖިނިއަރިން، ސައިންސް، ފިޝް ހަސްބަންޑަރީ، ފިޝް ހެލްތް، ފީޑިން އަދި ބަޔޮލޮޖީގެ ދާއިރާއިން މީހުން ތަމްރީން ކުރަންޖެހޭކަން މިރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ސްކޮޓްލޭންޑުގެ އެކުއަރކަލްޗަރ ދާއިރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް މިއަންނަ އޮކްޓޫބަރު މަހު ކަމާބެހޭ ފަރާތްތަކުން އާންމުކުރާނެއެވެ. މީގެ ކުރިން ހޯދިފައިވާ ހޯދުންތަކުން ދައްކާގޮތުން އިނގިރޭސިވިލާތުގެ އެކުއަރކަލްޗަރ ދާއިރާގެ ވަޒީފާތަކުގެ ދެބައިކޮޅު ތިން ބައި ހިއްސާކުރަނީ ސްކޮޓްލޭންޑުންނެވެ. ސްކޮޓްލޭންޑުގެ އެކުއަރކަލްޗަރ ދާއިރާގެ ސީދާ ވަޒީފާތަކުގައި 2240 ފަރާތެއް މަސައްކަތް ކުރަމުންދާކަމަށް 2017 ވަނަ އަހަރު މެރިން އިކޮނޮމިކްސް ސްޓެޓިސްޓިކްސް ދައްކައެވެ.

ސްކޮޓްލޭންޑަކީ އިނގިރޭސިވިލާތުގައި އެންމެ ގިނައިން އެކުއަރކަލްޗަރގެ މަޝްރޫތައް ހިންގާ ސަރަހައްދެވެ. މިގޮތުން ސްކޮޓްލޭންޑުގައި އެކުއަރކަލްޗަރއިން އުފައްދާ މަސް ޕްރޮސެސްކުރުމާއި، ޑިސްޓްރިބިއުޓްކުރުމުގެ އިތުރުން ބޭރަށް ސަޕްލައިކޮށް، އެކްސްޕޯޓުގެ ބޮޑެތި މަޝްރޫތަކެއް ކުރިޔަށް ގެންދެއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!