ތ. މަޑިފުށީ ފަޅަށްވެސް ރާގޮނޑި ވަދެއްޖެއެވެ.
މަޑިފުށީ ފަޅަށް ވަތް ރާގޮނޑި އައިނުގެ ތެރެއިން 981 ރާގޮނޑި މިއަދު ވަނީ ހިފާފައެވެ. މަސްވެރިން އެމްވީއަށް މައުލޫމާތުދެމުން ރާގޮނޑި ހިފަން ދިޔަ މީހަކު ބުނީ ރާގޮނޑި އައިން ވަދެފައިވަނީ އެރަށު ތުނޑީ މޫދަށް އެރޭ ސަރަހައްދާ ދިމާލުން ކަމަށެވެ.
"މިއަދު ހެނދުނު ތުނޑިއަށް ދިޔަ ބަޔަކަށް ރާގޮނޑި އައިން ފެނުނީ. ދެން އަޅުގަނޑުމެން އެންމެން ދިޔައީ ދާތައް ހިފައިގެން. 981 ރާގޮނޑި ހިފުނީ. ައަނެއްބައި ރާގޮނޑި ވިލަށް ފައިބައިގެން ދިޔައީ. މިއީ މިރަށަށް ރާގޮނޑިވަތް ފުރަތަމަ ފަހަރު ކަމަށްވަނީ. މީގެކުރިން މިރަށު ފަޅަށް މިގޮތަށް ރާގޮނޑި ވަތް ކަމެއް މިރަށުގައި ތިބި ދުވަސްވީ މީހުން ހަނދާނެއްނެތް." ރާގޮނޑި ހިފުމުގައި އިސްކޮށް އުޅުނު މީހަކު ބުންޏެވެ.

މިއަދު ހިފި ރާގޮނޑިތައް ރަށުގެ ހުރިހާ ގޭބިސީތަކަށް ހަމަހަމައަށް ވަނީ ބަހާފައެވެ. ކޮންމެ ގެޔަކަށް 4 ރާގޮނޑި ލިބުނެވެ.

ރާއްޖޭގެ ރައްރަށުގެ ތެރެއިން އެންމެ ގިނައިން ރާގޮނޑި ވަންނަނީ ތ. އަތޮޅު ބުރުނީ ފަޅުތެރެއަށެވެ. މިއީ އާންމުކޮށް ރާގޮނޑި ވަންނަ ރަށެކެވެ. ބުރުނީގެ އިތުރުން މިދިޔަ ހަފްތާގައި ހއ. ދިއްދޫ ފަޅުތެރެއަށްވެސް ވަނީ ރާގޮނޑި އައިނެއް ވަދެފައެވެ.
One Response
އަލްހަމްދު ލިއްލާހި