މަރަދޫގައި މަސް މާރުކޭޓެއް އަޅާދޭނެ ފަރާތެއް ހޯދަން އަނެއްްކާވެސް އިޢުލާންކޮށްފި

މަރަދޫ
މަރަދޫ

އައްޑޫ ސިޓީ މަރަދޫގައި މަސް މާރުކޭޓެއް އަޅާދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

މަރަދޫގައި މަސް މާރުކޭޓެއް އަޅާދޭނެ ފަރާތެއް ހޯދުމަށް ސިޓީކައުންސިލުން މިއަހަރުގެ އޭޕްރީލް މަހުގެތެރޭ ވެސް އިޢުލާންކުރިއެވެ. އަލުން އިޢުލާންކުރަން ނިންމި ސަބަބެއް ސިޓީ ކައުންސިލުން ހާމައެއް ނުކުރެއެވެ.

މިމަސައްކަތަށް ދަޢުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް އީމެއިލް މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށް ސިޓީކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު ނޮވެންބަރު 21 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ގަންނަ، ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެ ކަމަށެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ ނޮވެންބަރު 21 ވާ އާދިއްތަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީކައުންސިލްގެ އިދާރާގައެވެ.

މަސް މާރުކޭޓު އެޅުމުގެ މަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 1700.00ރ ( ސަތާރަ ސަތޭކަ ރުފިޔާ ) ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 90 ދުވަސްކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ މި ނޮވެންބަރު 25ވާބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގައެވެ.  ބީލަމުގައި ބައިވެރިވުމަށް -/300 (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.

އައްޑޫސިޓީގެ ރަށްތަކުގެ ތެރެއިން، މަރަދޫ އަކީ އައްޑޫގެ އެންމެ ގިނަ މަސްވެރިން ދިރިއުޅޭ އެއް ރަށެވެ. ނަމަވެސް އައްޑޫގެ އެއްވެސް ރަށެއްގައި މަސް މާރުކޭޓެއް ނެތުމުން މަސް ގަންނަން ޖެހެނީ ދޯނި ފަހަރު ބަނދަރަށް ކައިރި ކުރުމުން އެ ސަރަހައްދަކުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ