މަސައްކަތުގެ ހުނަރު ދަސްކުރަން ބޭނުންވާ ފަރާތްތަކަށް މިފްކޯއިން ފުރުސަަތުތަކެއް ހުޅުވާލައިފިއެވެ.
މިފްކޯއިންވަނީ 5 ދާއިރާއަކުން ފުރުސަތުތަށް ހުޅުވާލާފައެވެ. މިއީ މަސައްކަތުގެ މާހައުލުގައި އަމަލީގޮތުން އުޅެމުން ސެޓްފިކެޓުތަށް ހާސިލްކުރުމުގެ ފުރުސަތު ލިބޭ ޕްރޮގްރާމެއްކެވެ.
ހުޅުވާލާފައިވާ ފުރުސަތުތަކަކީ:
ވެލްޑަރުން- 4 ސްލޮޓް - ސެޓްފިކެޓް 3 އިން ވެލްޑިންގ
އޮޓޮމެޓިވް މެކޭނިކް- 3 ސްލޮޓް - ސެޓިފިކެޓް 3 އިން އޮޓޮމެޓިވް މެކޭނިކް
މެރިން މެކޭނިކް- 3 ސްލޮޓް - ސެޓިފިކެޓް 3 އިން މެރިން މެކޭނިކް
ރެފްރިޖެރޭޝަން އެންޑު އެއާ ކޮންޑިޝަނިިންގ މެކޭނިކް- 5 ސްލޮޓް- ސެޓިފިކެޓް 3 އިން ރެފްރިޖެރޭޝަން އެންޑު އެއާ ކޮންޑިޝަނިިންގ މެކޭނިކް
ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރ- 3 ސްލޮޓް- ސެޓިފިކެޓް 3 އިން ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް

މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ކޮންމެ މަހަކު 3000 ރުފިޔާގެ އެލަވަންސްއެއް ލިބޭނެއެވެ. މިއީ ހަމަސްދުވަހުގެ ޕްރޮގްރާމެކެވެ.
މަސައްކަތްކުރަން ޖެހެނީ، ކޫއްޑޫ، ފެލިވަރު، ކަނޑުއޮތްގިރި އަދި އައްޑޫގައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 21ވަނަ ދުވަހުގެ މިފްކޯއަށް އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭނެކަމަށް މިފްކޯއިން ހާމަކުރެއެވެ