ތ. ވަންދޫގައި އަމިއްލަ ފަރާތަކުން ޤާއިމްކުރި އައިސްޕްލާންޓްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
މަސްވެރިން އެމްވީއަށް މަޢުލޫމާތު ދެމުން ވަންދޫ "ސީސީއައިއޭ އައިސް ޕްލާންޓް" ގެ މެނޭޖަރު މުޙައްމަދު އިނާޒު ބުނީ އައިސް ޓަނަކުން 200 ރުފިޔާ ކުޑަކޮށް މިހާރު އައިސްޓަނެއް ވިއްކަނީ 1000 ރުފިޔާއަށް ކަމަށެވެ.
މި ޕްލާންޓަކީ އަމިއްލަ ކުންފުންޏެއްކަމަށްވާ "ސީސީއައިއޭ" އިން ޤާއިމް ކުރި އައިސްޕްލާންޓެކެވެ. ޖުމްލަ 6 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ޤާއިމްކުރި މި ޕްލާންޓަކީ ދުވާލަކަށް 30 ޓަނު އުފެއްދޭ އައިސް ޕްލާންޓެކެވެ. މި ޕްލާންޓްގެ ޚިދުމަތް ދޭން ފެށުމުން ވަންދޫގެ މަސްވެރިންގެ އިތުރުން އަތޮޅުގެ މަސްވެރިންނާއި ރާއްޖޭގެ ހުރިހާ މަސްވެރިންނަށް މީގެ ފައިދާ ކުރާނެކަމަށް މެނޭޖަރު ވިދާޅުވިއެވެ. މި ޕްލާންޓްގެ ޚިދުމަތްދޭން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ.