މަސް މާރުކެޓް، ފޮޓޯ- ޕީއެސްއެމް ނިއުސް
މަސް މާރުކެޓް، ފޮޓޯ- ޕީއެސްއެމް ނިއުސް

މާލޭ މަސް މާރުކޭޓުގެ މަތީ ބުރީގައި ހުރި ބައެއް ތަންތަން ހުސްކުރަން އަންގައިފި

މާލޭ ރޯމަސް މާރުކޭޓުގެ މަތީ ފްލޯރތަކުގައި ހުރި ބައެއް ތަންތަން ހުސްކުރަން އަނގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މާލޭ ރޯމަސް މާރުކެޓު މަތީ ފްރޯތަކުގައި ހުރި 3 ތަނެއް ހުސްކުރަން އަންގާފައެވެ.

މުދާނެރެ ހުސްކުރަންޖެހޭ ތަންތަނަކީ:-

                 1- މާރުކޭޓް ސްޓޯރު

                 2- ތާޒަން ފިހާރަ

                 3- މަސައްކަތު މީހުން ނިދާތަން

އެތަންތަނުގައި ހުރި މުދަލާއި ތަކެތި، ލަސްވެގެން، މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ނެރެ ހުސްކުރަން ޖެހޭނެ ކަމަށް މާލެ ސިޓީކައުންސިލުން ހާމަކުރެއެވެ. އަދި އެތަންތަން ހުސްކުރުމަށްފަހު އެތަންތަނުގެ ތަޅުދަނޑިތައް އެ އިދާރާއާ ޙަވާލުކުރުމަށްވެސް ވަނީ އަންގާފައެވެ. ތަޅުދަނޑިތައް ޙަވާލުކުރުމަށް ގުޅަންޖެހެނީ، 7994565 ނަންބަރު ފޯނަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!