މަސްވެރިކަމާއި ގުޅޭ

_DSC3509

ދުވަހުގެ މަސް ރިޕޯޓް: 31 އޮގަސްޓް 2020

ކަޅުބިލަ މަހުގެ މަސްވެރިކަން

ކަޅުބިލަމަހުގެ މަސްވެރިކަން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ދަށްދުވަހެއް. ލ. އަތޮޅާއި ކ. އަތޮޅާއި ދެމެދު ކަނދުފަތިތަކުން ކޮންމެވެސް ވަރަކަށް މަސް ބޭނި ނަމަވެސް، މި ސަރަހައްދުގައި ކަނޑުމަހުން (މަސް އައިނު) މަސްބޭނި މިންވަރު ދަށް. ކަނދުފަތިންވެސް 500-1000 ކިލޯއާ ދެމެދުގެ އަދަދަކަށް އެވްރެޖްކޮށް މަސްބޭނި.

ހުވަދޫ އަތޮޅުގެ އިރުމަތިން ގއ ގެމަނަފުއްޓާއި، ގއ ވިލިގިއްޔާ ދެމެދު، 15 ވަރަކަށް މޭލު ބޭރުން ކަނޑުމަސް ބޭނި. މަސް އައިންތަކާއި ދިމާވި ދޯނިތަކުން އެވްރެޖްކޮށް 3-4 ޓަނާއި ދެމެދު ފަލަމަސް ބާނާފައިވޭ. ހުވަދޫ އަތޮޅުގެ ބޮއިތަކުންވެސް ވަރަށް ކުޑަކޮށް މަސް ބާނާ.

ހުވަދޫ އަތޮޅުގައި އެންވެރިކަން ދަށް. މަސްވެރިން މައުލޫމާތުދޭ ގޮތުގައި، ރަގަޅު އެން އޮޑިއަކާއިގެން، ކަނޑަށް ނުކުމެވިއްޖެނަމަ ރަގަޅަށް މަސްބޭނޭ ވަރަށް ހުވަދޫ އަތޮޅިގެ އިރުމަތީގައި މަސް އައިނުތައް އެބައުޅޭ

ކަންނެލި މަސްވެރިކަން

މި ދުވަސްކޮޅު ކަންނެލި މަސްވެރިކަން ރަގަޅު. އާންމުކޮށް ކަންނެލި ބާނަން ރަގަޅު އެން (ރިއްމަސް) ލިބިގެން ކަނޑަށް ނުކުމެވެންޏާ ހަފްތާއަކު 5-6 ޓަނާއި ދެމެދުގެ އަދަދަކަށް ކަންނެލި ބޭނޭ. އެވްރެޖްކޮށް އިއްޔެ ދޯނި ތަކުން 1-1.5 ޓަނާއި ދެމެދު ކަންނެލި ބޭނި. މި ވަގުތު ކަންނެލި ގަންނަ އަގުތަކަކީ ސައިޒް ކުޑަ ކަންނެލި 30 ކިލޯއިން ދަށް 35-38 އަށް އަދި 30 ކިލޯއިން މަތި 60 ރުފިޔާއަށް

ފާނަ މަސްވެރިކަން

ފާނަ މަސްވެރިން އެންމެ ގިނައިން ހަރަކާތްތެރިވާ ފ އަތޮޅުގެ މަސްވެރިން މި ހަފްތާގާއި ހަރަކާތްތެރިވަމުންދަނީ އދ، ވ އަދި ހުވަދޫ އަތޮޅުގައި. ފާނަ މަސްވެރިކަން އެވްރެޖް ހަފްތާއެއް. މައިގަނޑު މައްސަލައެއް ކަމަށް މަސްވެރިން ފާހަގަ ކުރަނީ ކަނޑު ކިލާވުން ކަމަށް.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!