މަސްވެރިކަމާއި ގުޅޭ

photo_2024-04-30_09-17-11

ކަނޑުމަތީގެ ހާދިސާއެއް ހިނގައި، މީހަކު މަރުވެއްޖެ

ކަނޑުމަތީގެ ހާދިސާއެއް ހިނގައި، މީހަކު މަރުވެއްޖެއެވެ.

އެ ހާދިސާގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފްއިން ބުނީ، ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

މި ލޭންޑިންގ ކްރާފްޓް ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންވަނީ ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައެވެ. ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަކުރާއިންވެސް ކުރަމުން ދަނިކޮށް، ގެއްލުނު މީހާ ފެނުނީ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ދަށުގައި ވަނިކޮށް، ކޯސްޓްގާޑުގެ ޑައިވަރުންނަށް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

އެމީހާ ފެނުނުއިރު މީހާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށާއި އެ މީިހާ ކާށިދޫ ސިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!