މަސްވެރިކަމާއި ގުޅޭ

އަޅުގަނޑުމެންނަކީ

މަސްވެރިން.އެމްވީ އަކީ ދިވެހިރާއްޖޭގެ މަސްވެރިންނާއި، މަސްވެރިކަމާއި އަދި މިސިނާޢަތުގެ އެންމެހާ މައުލޫމާތުތައް، އަސްލާއި އެއްގޮތަށް ފޯރުކޮށްދިނުމުގައި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ޚާއްސަ ކޮށްގެން ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގެ މަޤްސަދުގައި އުފެއްދި އޮންލައިން ނޫހެކެވެ.

ދިވެހިންގެ ލޭނާރުކަމުގައިވާ ދިވެހިން ފަޚުރުވެރިވާ މަސްވެރިކަމުގެ އެންމެ ޒަމާންވީ އާދަކާދަތަކާއި، ނެތެމުންދާ މަސްވެރިކަމުގެ ވައްޓަފާޅިއާއި ޒަމާނީ ގޮތުން މަސްވެރިކަމަށް އަންނަ ކުރިއެރުންތައް އާންމުންނާއި ހަމައަށް ވީހާވެސް ތިލަކޮށް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެކެވެ. މަސްވެރިކަމުގައި ހުރި ފުރުސަތުތަކާއި، މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުގެ މައުލޫމާތާއި، މަސައްކަތްތައް ހިއްސާކުރުމުގައި ދެމިތިބުމަކީ އަޅުގަނޑުމެން އިސްކަންދޭނެ ކަމެކެވެ. މަސްވެރިންނާއި އާންމު ފަރާތްތަށް މަސްވެރިކަމުގެ ޤާނޫނާއި، ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ތަރުތީބު ވެގެންދާ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނަމެވެ.

މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި، މަސްވެރިންގެ އިހުސާސްތަކާއި ޝުޢޫރުތައް އަދި މަސްވެރިންގެ ކަންބޮޑުވުންތަކާއި މަސްވެރިންގެ އަޑު އެންމެ އަވަހަށް، ތާޒާކޮށް ގެނެސްދިނުމުގައި ވަރުބަލިކަމެއްނެތި މަސައްކަތް ކުރުމުގައި ދެމިތިބޭނަމެވެ.

މަސްވެރިންގެ މީޑިއާ

މަސްވެރިންގެ އަޑު - ކަނޑުމަތިން

އިނގިރޭސި އެޑިޝަން