މަސްވެރިކަމާއި ގުޅޭ

ޤައުމެއްގެ  މަސްބޯޓު ފަހަރުތަކެއް،
ޤައުމެއްގެ މަސްބޯޓު ފަހަރުތަކެއް،

ދެމެހެއްޓެނިގޮތެއްގައި މަސްވެރިކަން ކުރުމަށް 14 ޤައުމަކުން އެއްބަސްވެއްޖެ!

ދެމެހެއްޓެނިގޮތެއްގައި މަސްވެރިކަން ކުރުމަށް 14 ޤައުމެއް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

ދުނިޔޭގެ 40 އިންސައްތަ ގޮނޑުދޮށްތައް ނިސްބަތްވާ މި ޤައުމުތަކުން ކުރިއަށް އޮތް 10 އަހަރު ދުވަސްތެރޭ ގިނަ ކަންތައްތަކެއް ހާސިލްކުރުމަށްވަނީ އަމާޒް ހިފާފައެވެ. އެގޮތުން މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމާއި، މަހުގެ އާބާދީ އިތުރުކުރުމަށް މަސައްކަތްކުރުމުގެ އިތުރަށް ކަނޑުތައް އުކާލާ ޕްލާސްޓިކް މަދުކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރާނެއެވެ.

މީގައި ހިމެނޭ ޤައުމުތަކަކީ، އޮސްޓްރޭލިއާ، ކެނެޑާ، ޗިލީ، ގާނާ، އިންޑޮނޭޝިއާ، ޖެމެއިކާ، ޖަޕާން، ކެންޔާ، ނެމީބިއާ، ނޯވޭ، ޕަލާއޯ އަދި ޕޯޗުގަލް އެވެ.

މިއީ މިފަދަ ބައިނަލްއަޤްވާމީ އިޤްރާރެއްގައި މިހާ ޤިނަ ޤައުމުތައް ގުޅިގެން އުކުލަވާލި ފުރަތަމަ ފަހަރެވެ. މި އިޤްރާރާއި އެކު ކުރުމަށް ރާވާފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ޤަވާއިދާ އަދި ޤާނޫނާއި ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް ހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށް، މަސްވެރިކަން ކުރުމުގައިވެސް ހަރުދަނާ އުސޫލުތަކެއް ޤާއިމްކުރުން ހިމެނެއެވެ.

މިކަމާއި ގުޅޭގޮތުން އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓު މޮރިސަން ވިދާޅުވީ އެޤައުމުގެ ރައްޔިތުންނާއި ކަނޑުތަކާއި ގާތްގުޅުމެއް އޮންނަ ކަމަށެވެ. އަދި ކަނޑުތަކަށް އުކާލާ ކުނިބުނީގެ ސަބަބުން ކަނޑުތަކަށް ލިބެމުންދާ ގެއްލުންތަކަކީ އެޤައުމުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މި އިޤްރާރުގައި ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ބައިވެރިވުމަށް އެއްބަސްވުން އެކުލަވާލާފައިވާ 14 ޤައުމުން އެދެއެވެ. އެގޮތުން ގިނަ ޤައުމުތައް މީގައި ބައިވެރިވުމުން މީގެން ނިކުންނަ ނަތީޖާ މާބޮޑަށް ކާމިޔާބުވާނެ ކަމަށް އެޤައުމުތަކުން ދެކެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ކަނޑުތައް މިހާރަށްވުރެއް ބޮޑަށް ބެލެހެއްޓޭނަމަ ކަނޑުން ލިބޭ މަހުގެ އަދަދުތައް ހަ ގުނަ އިތުރުވާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!