މަސްވެރިކަމާއި ގުޅޭ

Taro Masreys

މަސްވެރިންގެ ދުވަހާ ގުޅިގެން ގެމަނަފުށީގައި ފޯރިގަދަ މަސްރޭހެއް!

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގެމަނަފުށީގައި ފޯރިގަދަ މަސްރޭހެއް ބާއްވަން ނިންމައިފިއެވެ.

ގެމަނަފުށީ އަމިއްލަ ޖަމްއިއްޔާއަކުން އިސްނަގައިގެން ބާއްވާ މި މުބާރާތުގައި 1 ވަނަ 2 ވަނަ އަދި 3 ވަނައަށް ފައިސާގެ އިނާމު ހުށައަޅާފައިވާއިރު އެހެނިހެން ވަނަތައް ހޯދާ ފަރާތްތަކަށްވެސް އަގުބޮޑު އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ހޮވާ އިތުރު ވަނަ ތަކުގެ ތެރޭގައި، އެންމެ ފޯރިގަދަ ޓީމް، އެންމެ ބޮޑުމަސް ބޭނި ކެޔޮޅު، އެންމެ ގިނަ މަސްބޭނި ކެޔޮޅު، އެންމެ ހިންގުންތެރި ކެޔޮޅު، އަދި އެންމެ އުންމީދީ ކެޔޮޅުގެ އިނާމު ހިމެނެއެވެ.

ޖުމްލަ 20 ޓީމުން ބައިވެރިވެފައިވާ މި މުބާރާތް އޮންނާނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި މުބާރާތްތައް ބާއްވަން ތައްޔާރުވަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!