މަސްވެރިކަމާއި ގުޅޭ

2384311-604952315

ޔަމަނުގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސައުދީ އަރަބިއްޔާއިން ބޮޑު ޕްރޮޖެކްޓެއް ފަށައިފި

ޔަމަނުގެ މަސްވެރިކަމުގެ ސިނާއަތްކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން ސައުދީ އަރަބިއްޔާއިން ބޮޑު ޕްރޮޖެކްޓެއް ފަށައިފިއެވެ.

'ސައުދީ ޑިވެލޮޕްމަންޓު އެންޑް ރިކޮންސްޓްރަކްޝަން ޕްރޮގްރާމް ފޮރ ޔެމަން' ޕްރޮޖެކްޓުގެ ދަށުންވަނީ މަސްވެރިކަން ކުރާ ޒަމާނީ 100 އުޅަނދު ޔަމަނުގެ މަސްވެރިންނަށް ހަދީޔާކޮށްފައެވެ.

މިފަހަރު އުޅަނދުތައް ލިބުނު ގިނަ މަސްވެރިންނަކީ ދާދިފަހުން ޔަމަނަށް އެރި ތޫފާނުގައި ގެއްލުންތައް ލިބުނު ފަރާތްތަކެވެ.

ސައުދީއިން ހަދިޔާ ކުރި މި އުޅަނދުތަކާއި އެކު ޔަމަނުގެ މަސްވެރިކަމުގެ ސިނާއަތަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޔަމަނުގެ ސަރުކާރުން ދެކެއެވެ. އަދި މަސްވެރިކަމަކީ އެޤައުމުގެ އިޤްތިސާދުގައި މުޙިއްމު ދައުރެއް އަދާކުރާ ސިނާއަތަކަށްވާއިރު، އެޤައުމުގެ ސަރުކާރުންވެސްވަނީ މަސްވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައެވެ.

'ސައުދީ ޑިވެލޮޕްމަންޓު އެންޑް ރިކޮންސްޓްރަކްޝަން ޕްރޮގްރާމް ފޮރ ޔެމަން' ކުރައަށް ގެންދަނީ މައިގަނޑު ގޮތެއްގައި 7 ކަމަކަށް އަމާޒްކޮށްގެންނެވެ. އެއީ ދަނޑުވެރިކަން، މަސްވެރިކަން، ސިއްޙީ ދާއިރާ، ތައުލީމީ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އުމްރާނީ ތަރައްޤީގެ ދާއިރާގެ އިތުރުން ހަކަތައިގެން ދާއިރާއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!