މަސްވެރިކަމާއި ގުޅޭ

ihavandhooo 2

މަސްވެރިންނަށް ޖޯކުޖެހުން ހުއްޓާލާ: ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން

މަސްވެރިންނަށް ޖޯކުޖެހުން ހުއްޓާލުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ގޮވާލައިފިއެވެ.

ހއ. އިހަވަންދޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާއަށް ތާޢީދުކޮށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރުން ކަނުލައި އަޑުއަހައި ހައްލު ހޯދައިދޭން ޖެހޭ ކަމަށެބވެ.

"ހ.އ އިހަންވަންދޫ ސަރަހައްދުގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގެ އަޑު ކަމާބެހޭ ފަރާތްތަކުން ކަނުލައި އަހައި، މަސްވެރިންގެ ކަންބޮޑުވުން ތަކަށް މާނަވީ ހައްލެއް ހޯދައިދޭންޖެހޭ! ބާނާ މަސް ވަގުތުން ކިރާ އެއަށް އެކަށީގެންވާ އަގު ލިބެންޖެހޭ! ޖޯކު ޖެހުން ހުއްޓާލާ! ސާބަސް އިހަވަންދޫ މަސްވެރިން!" ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވެއެވެ.

ކޮންމެ މަސްވެރިޔަކަށް މަހަކު 22 ހާސް ރުފިޔާ މިހާރު ލިބޭކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވުމާއި ގުޅިގެން މަސްވެރިން ވަނީ އެކަން ދޮގުކޮށް އެވާހަކައަކީ އެކަމަނާ މަސްވެރިންނަށް ކުރި މަލާމާތެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

މަސްވެރިންނަށް ދިމާވާ ދަތިތަކާމެދު ކަންބޮޑުވުން ފާޅުކުރުމަށް އެންމެ ބޮޑު ހަރަކާތެއް ބާއްވާފައިވަނީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ. ގިނަ އަދަދެއްގެ ކަންނެލި ދޯނިފަހަރުގައި ކަނޑުމަތީގައި ބޭއްވި ހަރަކާތަކަށްފަހު އެކި ރަށްރަށުގައި މަސްވެރިން ގެންދަނީ އިހުތިޖާޖު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!