މަސްވެރިކަމާއި ގުޅޭ

ކަޅުބިލަމަސް

ކަޅުބިލަމަހަކީ ކަނޑުގެ މަތީފަށަލައިގައި އައިން ހަދައިގެން އުޅޭ، ދުރު ސަރަޙައްދުތަކަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ މަހެކެވެ.

މިގޮތަށް އައިން ހަދައިގެން ދަތުރުކުރާއިރު، އޭގެ އައިނުގެ ތެރޭގައި ބައެއްފަހަރު ކުިދ ރީނދޫއުރަހަ ކަންނެިލ، ލައްޓި އަދި ރާގޮނޑި އެކުލެވެއެވެ. މި މަސް އާންމު ގޮތެއްގައި އުޅެނީ ލޮނުގަނޑުގެ ފިނިހޫނުމިން 14.7 އާއި ި30 ޑިގްރީ ސެލްސިއަސް އާ ދެމެދުގައި ހުންނަ ހިސާބުތަކުގައެވެ. ކަޅުބިލަމަސް ދުވާލުގެ ވަގުތުގައި އާންމުކޮށް އުޅެނީ ކަނޑުގެ ސަތަޙުން ފެށިގެން 260 މީޓަރާއި ދެމެދުގެ ފުންމިނުގައި ނަމަވެސް، މި ބާވަތް ރޭގނަޑު ބޮޑަށް އުޅެނީ ކަނޑުގެ ސަތުޙު ކައިރީގައެވެ.

ކަަޅުބިލަމަސް އަންމުގޮތެއްގައި ޝިކާރަކުރާ ކަމަށް ރިކޯޑް ކުރެވިފައިވަނީ އިރުއަރާ ގަޑީގައްޔާއި ހަވީރުގެ ވަގުތުތަކުގައެވެ. މި ބާވަތުގެ މަހަކީ ވަކި ބާވަތަކަށް ޝިކާރަކޮށްގެން ކެއުމުގެ ބަދަލުގައި އެއިރަކު އެ ސަރަހައްދަކުން އެންމެ ފަސޭހައިން ލިބެން ހުންނަ ބާވަތެއް ޝިކާރަކޮށް ކައިއުޅޭ މަހެކެވެ. މި ގޮތުން ކަޅުބިލަމަހުގެ ކާނާގެ ތެރޭގައި އާންމުގޮތެއްގައި ހިމެނެނީ ކުދިމަހާއި، ކަކުނި ފާޑުގެ މައިކަށިނެތް ބާވަތްތައް އަދި ބޯވަދިލަ މަހެވެ.

ކަޅުބިލަމަސް ވިހާ އުމުރަށް އަޅާކަމަށް ރެކޯޑުކުރެވިފައިވަނީ، އެވްރެޖްކޮށް 40 ސެންޓިމީޓަރުގެ ދިގުމިނުގައެވެ. މި މަސް އެންމެ ބޮޑުވަނީ 108 ސެންޓިމީޓަރަށެވެ. މި ބޮޑު މިނުގެ މަހެއްގައި 32.5 އާއި 35.5 ކިލޯ އާއި ދެމެދުގެ ބަރުދަނެއް ހުންނަ ކަމަށް ވެއެވެ. ކަޅުބިލަމަހުގެ އެންމެ އާންމު ބޮޑުމިނަކީ 80 ސެންޓިމީޓަރެވެ. މިވަރުގެ މަހެއްގެ ބަރުދަނުގައި 8 ކިލޯއާއި 10 ކިލޯއާ ދެމެދުގެ ބަރުދަނެއް ހުރެއެވެ.

ކަޅުބިލަމަކީ، ހޫނު ސަރަހައްދުތަކުގައި، މުޅި އަހަރަށް ދިގުދެމިގެންދާ ގޮތަށް، އެއްފަހަރަށްވުރެ ގިނައިން ބިސް ދޫކުރާ މަހެކެވެ.

ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަމަހުގެ ބޮޑުބަޔަކީ 36 އާއި 65 ސެންޓިމީޓަރާއި ދެމެދުގެ މަސް ކަމުގައި މެރިން ރިސާޗް ސެންޓަރުން (މިހާރުގެ މެރިން ރިސާޗް އިންސްޓިޓިއުޓް) ރިޕޯޓްކޮށްފައިވެއެވެ.

ސައިންޓިފިކް ނަން: Katsuwonus pelamis

އިނގިރޭސިނަން ނަން: ސްކިޕްޖެކް ޓޫނާ

ސްކިޕްޖެކް ޓޫނާ ދިވެހި ނަން: ކަޅުބިލަ މަސް

މަސްދަރު: ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރާ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!