މަސްވެރިކަމާއި ގުޅޭ

ހުއިފިލަނޑާގެ ޙަޔަވިއްޔާތު

ހުއިފިލަނޑާއަކީ ހޮލޮތޫރިޑިއާ (Holothuroidea) ކްލާހަށް ނިސްބަތްވާ، ކަނޑުގެ އަޑީގެ ފަސްގަނޑުގައި ދިރިއުޅޭ މައިކަށިނެތް ކަނޑުގެ ދިރުމެކެވެ.

ހުއިފިލަނޑާގެ ބާވަތްތަކަށް މަޑު، ފަތާ ހަށިގަނޑެއް ލިބިފައިވާއިރު، އަނެއްބައު ބާވަތްތައް ހުންނަނީ ހޮޅިއެއްފަދައިން ވަށްކޮށް ދިގުކޮށެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ގާތްގަނޑަކަށް 1400 ބާވަތުގެ ހުއިފިލަނޑާ އުޅޭކަމަށް ރިކޯޑްކުރެވިފައި ވެއެވެ.

ހުއިފިލަނޑާގެ ގިނަ ބާވަތްތަކުގެ ދިރިއުޅުމުގެ ވައްޓަފާޅިއާބެހޭ މަޢުލޫމާތު ހޯދިފައެއް ނުވެއެވެ.  މިހާތަނަށް ކުރެވިފައިވާ މަދު ދިރާސާތަކުން ދައްކާގޮތުގައި ހުއިފިލަނޑާގެ އެކި ބާވަތްތައް ހެދި ބޮޑުވާގޮތް ވަރަށް ތަފާތެވެ. ބައެއް ބާވަތްތައް ހެދިބޮޑުވެ، އެއް އަހަރު ނުވަތަ ދެ އަހަރު ދުވަހުގެ ތެރޭގައި ފުރާވަރަށް އަރާއިރު، އަނެއްބައި ބާވަތްތައް ފުރާވަރަށް އަރަން6 އަހަރުދުވަސް ނަގާކަމަށް ދިރާސާތަކުން ދައްކައެވެ.

އާންމުކޮށް ހުއިފިލަނޑާގެ އުމުރަކީ5 އަހަރާއި15 އަހަރާ ދެމެދުގެ މުއްދަތެކެވެ. ބައެއް ބާވަތްތައް ދަރިމައިވަނީ، ދެޖިންސުގެ ސެލް ނުގުޅި ނުވަރަ އޭސެކްޝުއަލް ރީޕްރޮޑަކްޝަން މެދުވެރިކޮށެވެ. އެހެންނަމަވެސް، ހުއިފި ލަނޑާގެ ގިނަ ބާވަތްތަކަކީ ކޮންމެވެސް އެއް ޖިންސަކަށް ނިސްބަތްވާ، އޭގެ ފަންޏާއި ބިސް ވަށައިގެންވާ މާޙައުލަށް ގިނަ އަދަދުތަކުން ދޫކޮށްލައިގެން (ސްޕޯންކުރުން) ވިހާ ބާވަތްތަކެވެ.

މިގޮތަށް ދޫކޮށްލާ ދަރިފަނި އަދި ބިސްގުޅެނީ (ފާޓިލައިޒޭޝަން ހިނގަނީ) ހުއިފިލަނޑާގެ އަދަދަށާއި، ފަންޏާއި ބިސް ދޫކޮށްފައިވާ މިންވަރަށާއި، އަދި އެސޮރުމެންގެ ދޭތެރޭގައިވާ ކައިރި މިނަށެވެ. ހުއިފިލަނޑާއެއްގެ ޙަޔާތުގެ ބުރުގައި އެކުލެވޭ މަރުހަލާތައް ތިރީގައި އެވަނީއެވެ.

ހުއިފިލަނޑާއެއްގެ ހަޔާތުގެ ބުރުގައި އެކުލެވޭ މަރުހަލާތައް
މަސްދަރު: ދިވެހިރާއްޖޭގެ ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!