މަސްވެރިކަމާއި ގުޅޭ

Stella-Fishing-1-1600x765

މަސްވެރިންނަށް އެހީ ފޯރުކޮށްދޭން ހޮރައިޒަން އާއި ބްލޫޔޫ އިން އަނެއްކާވެސް ސޮއިކޮށްފި 

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށްޓަކައި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ މަސްކުންފުނި ހޮރިޒަން ފިޝަރީޒް އާއި ބައިނަލްއަޤުވާމީ ކުންފުންޏެއް ކަމަށްވާ ބްލޫޔޫ އަދި އެމެރިކާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފެއާ ޓްރޭޑް އިން އެއްބަސްވުމެއްގައި އަނެއްކާވެސް ސޮއި ކޮށްފިއެވެ.

މީގެ ކުރިން ވެސް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް އެކުގައި މަސައްކަތް ކުރަމުން ގެންދިޔަ ތިން ފަރާތުން އަލުން އަނެއްކާވެސް އެއްބަސްވުމުގައި ސޮއި ކުރީ ކުރިން ސޮއިކޮށްފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ.

މިއެއްބަސްވުމުގެ ދަށުން ދިވެހި މަސްވެރިންގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ރީޓެއިލުންނާއި ހަމައަށް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެއެވެ. އަދި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތިމާވެއްޓާއި ރައްޓެހި ވަސީލަތްތައް މަސްވެރިންނަށް ފޯރުކޮށްދިނުމަށް އެހީތެރިކަން ލިބިގެން ދާނެއެވެ.

ބްލޫޔޫ އިން ނެރުނު ބަޔާނެއްގައި ބުނީ ހޮރައިޒަން އިން ބްލޫޔޫ އާއި ފެއާ ޓްރޭޑްގެ ސެޓްފިކެޓްގައި ނެރޭ މަސް ދަޅުތައް ވިއްކަމުން ގެންދާނީ40 އެމެރިކާ ޑޮލަރަށެވެ. އެއީ ހާއްސަ ސެޓްފިކެޓެއް ލިބިފައިވާ މަސްދަޅަކަށް ވުމުން ޕްރިމިއަމް އުފެއްދުމެއްގެ ގޮތުގައި ވިއްކާ އެއިން ލިބޭ ފައިސާ އިން މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. މިއެއްބަސްވުމުގެ ދަށުން7500 ޓަނުގެ މަސް ވިއްކާނެއެވެ.

"ޕްރިމިއަމް އުފެއްދުން ވިއްކައިގެން ލިބޭ ފައިސާ މަސްވެރިންގެ ޖަމިއްޔާތަކަށް ދިނުމަށް ވަނީ ހަމަޖެހިފައި. އެޖަމިއްޔާތަކަކީ މަސްވެރިން ތަމްސީލް ކުރުމަށް ރަށްރަށުގައި ހަދާފައި ހުރިއަމިއްލަ ޖަމިއްޔާތަކަށް ވެގެންދާނެ." ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ މިހާރު ވެސް ބްލޫޔޫ އާއި ހޮރިޒަން ފިޝަރީޒް ގުޅިގެން ލ.ގަމުގެ ބަނދަރުގައި މަސްވެރިންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަަމަޖައްސާފައިވާ ކަމަށާއި އެއީ މަސްދޯނިފަހަރުގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓުވަން އެޅުނު ފިޔަވަޅެއް ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި މަސްދޯނި ފަހަރުގައި އަލިފާން ނިއްވާ ނިޒާމް ގާއިމު ކުރުމަށާއި ސްކޫލްތަކުގައި ކިޔަވައި ދިނުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމު ކުރަން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!