މަސްވެރިކަމާއި ގުޅޭ

kanneli masverin

ބޮޑުކަންނެލި ކިލޯއެއްގެ އަގު 80 ރުފިޔާއަށް!

ރާއްޖޭގައި ބޮޑު ކަންނެލީގެ އަގު އުފުލި ކަންނެލި ކިލޯއެއް 80 ރުފިޔާއަށް އަރައިފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ ރާއްޖޭގައި އެންމެ ފުޅާކޮށް ބޮޑުކަންނެލި ބޮޑުކަންނެލި ގަންނަ ގަންނަ ހުރިހާ ކުންފުންޏަކުންވެސް މިހާރު ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 80 ރުފިޔާއަށެވެ.

މީގެ ދެ ހަފްތާ ކުރިން ކަންނެލީގެ އަގު ވަނީ އުފުލެން ފަށާފައެވެ. މިފަހަރު އެންމެ ފުރަތަމަ 80 ރުފިޔާއަށް ކަންނެލި ކިލޯއެއް ގަންނަން ފެށީ ޔޫރޯ ގްލޯބަލް ކުންފުނިންނާއި ސީއެމްއެފް އިންނެވެ.

ބޮޑު ކަންނެލި ގޮތުގައި ކުންފުނިތަކުން ބަލަނީ 3 ކިލޯއިން މަތީގެ ކަންނެއްޔެވެ. ނަމަވެސް 18 ކިލޯއާއި 30 ކިލޯއާއި ދެމެދުގެ ކަންނެލިވެސް ކަންނެލި ގަންނަ ކުންފުނި ތަކަށް ގަނެއެވެ. 18 ކިލޯއާއި 30 ކިލޯއާއި ދެމެދުގެ ކަންނެލި ކިލޯއެއް ކުންފުނި ތަކުން މިދުވަސްވަރު ގަންނަނީ ގަންނަނީ 50 ރުފިޔާއަށެވެ. ނަމަވެސް ޔޫރޯ ގްލޯބަލް ކުންފުނިން މި ސައިޒްގެ ކަންނެލި 60 ރުފިޔާއަށް ގަނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!