މަސްވެރިކަމާއި ގުޅޭ

breaking

ބޮޑުކަންނެލި ކިލޯއެއްގެ އަގު 100 ރުފިޔާއަށް އަރައިފި

ބޮޑު ކަންނެލި ކިލޯއެއްގެ އަގު 100 ރުފިޔާއަށް އަރައިފިއެވެ.

ރާއްޖޭގައި ކަންނެލި ގަންނަ ގިނަ ކުންފުނިތަކުން ކަންނެލި ކިލޯއެއް ގަންނަ އަގު 100ރ އަށް ބޮޑުކޮށްފިއެވެ. ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުނ އާންމުކޮށްފައިވާ ކަންނެލި ގަންނަ އަގުތަކަށް ބަލާއިރު ބިގް ފިޝް، ޔޫރޯ ގްލޯބަލް، އެމްކިޔޫއެސް، ސީއެމްއެފް އަދި އޯޝަން ފްރެޝްއިން ކަންނެލި ކިލޯއެއް ގަންނަނީ 100 ރުފިޔާއަށެވެ. އަދި 18 ކިލޯއާއި 30 ކިލޯއާއި ދެމެދުގެ ކަންނެލި ކިލޯއެއް މިކުންފުނި ތަކުން ގަންނަނީ 60 ރުފިޔާއަށެވެ. މީގެއިތުރުން އެންސިސްއާއި އޯޝަނ ހަންޓަރ އިން ކަންނެލި ކިލޯއެއް ގަންނަނީ 90 ރުފިޔާއަށެވެ.
މިދުވަސްވަރު ކަންނެލީގެ އަގު އުފުލިފައިވަނީ ކަންނެލީގެ މަސްވެރިކަން ދަށްވުމުގެ ސަބަބުން ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެއެވެ. ގިނަ ކަންނެލި ދޯނިފަހަރު މިވަގުތު މަހަށް ނުފުރާކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

ރާއްޖޭގައި ކުންފުނިތަކުން ބޮޑު ކަންނެލި ގޮތުގައި ބަލަނީ 30 ކިލޯއިން މަތީގެ ކަންނެއްޔެވެ. ނަމަވެސް 18 ކިލޯއިން މަތީގެ ކަންނެލި ބޮޑު ކަންނެލި ގަންނަ އަގަށްވުރެ ދަށް އަގެއްގައި ގަނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!