މަސްވެރިކަމާއި ގުޅޭ

ކާލިގަނޑު މިޔަރު

މިއީ މިޔަރުގެ ބާވަތްތަކުގެ ތެރޭގައި މަޝްހޫރު އަދި ދިވެހި މަސްވެރިން ދަންނަ މިޔަރެކެވެ. މިމަޔަރުގެ ބޯ ހުންނަނީ ކާލިގަޑެއްހެން ދެފަރާތަށް ނުކުމެފައެވެ. މިޔަރުގެ ދަތްތައް ހުންނަނީ ތިންކަނަކަށް ވާގޮތަށް ކައިރިފަށް ރާޅުކޮށެވެ. ބުރަކަށިމަތީ ފުރަތަމަ ކޮތަރި ބޮޑުވާނެއެވެ. މިއީ އެތެރެވަރީގެ ކަނޑުތަކުގައްޔާއި މާކަނޑުތަކުގައި އުޅޭ މިޔަރެކެވެ. މިމިޔަރުގެ ޅައެއްޗެހި ގިނައިން އުޅެނީ އެތެރެވަރީ ކަނޑުތަކުގައެވެ. މީގެ ބޮޑެތިމިޔަރު ދަތުރުކޮށް އުޅެނީ އެކަހެރިކޮށް ނުވަތަ ޖޯޑުޖޯޑަށެވެ. ނަމަވެސް ޅަ މިޔަރު މިޔަރު ބޮޑެތި އައިން ހަދައިގެން ކަނޑުގެ ބައެއް ހިސާބުތަކުގައި އުޅޭކަމަށްވެއެވެ.

މިމިޔަރު ވިހާފަހަރަކު 15 އާއި 31 އާ ދެމެދުގެ ޢަދަދަކަށް ޅަމިޔަރު ވިހާކަމަށްވެއެވެ. އަދި ވިހާ ކުދިމިޔަރުގައި ގާތްގަޑަކަށް 50 ސެންޓިމީޓަރު ހުންނަކަމަށްވެއެވެ. މިމިޔަރުގެ ޢާއްމުކާނާއަކީ ކަނޑުގެ މަތީބައިގައިއުޅޭ ޒާތްޒާތުގެ މަހާއި، އެހެނިހެން ކުދި މިޔަރާ މަޑިއާ ބޯވަދިލަމަހާއި ޑިނގައެވެ. މިމިޔަރު އެންމެ ބޮޑުވާކަމަށްވަނީ 4.2 މީޓަރަށެވެ. ނަމަވެސް ގިނައިން ފެނިފައި ހުންނަ އެންމެ ބޮޑުމިނަކީ 3.6 މީޓަރެވެ. މީގެ ބޮޑެތި މިޔަރަކީ ނުރައްކާތެރި މިޔަރެއްކަމަށްވަނީ ބެލިފައެވެ. މިމިޔަރު ގިނައިން ހިފާ އަދި ބާނާއުޅެނީ ދާއަޅައިގެންނާއި ލޭނުއަޅައިގެންނެވެ. މިއީ މަސްކެއުމަށް ރަނގަޅު އަދި މިޔަރު އުރަހައިގެ ވިޔަފާރީގައި އޭގެ އުރަހަ ބޭނުންކުރި މިޔަރެކެވެ.

އިނގިރޭސި ނަން: scalloped hammerhead

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!