މަސްވެރިކަމާއި ގުޅޭ

MTCC

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ގާފަރުގައި "އޮޑިވެރިޔާ ފޯރަމް" އެމްޓީސީސީއިން ބާއްވައިފި

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކ.ގާފަރުގައި މިއަދު ވަނީ "އޮޑިވެރިޔާ ފޯރަމް" ގެ ނަމުގައި ފޯރަމްއެއް މަސްވެރިންނަށާއި އަދި އޮޑިވެރީންނަށް މި ކުންފުނިން ބާއްވާފައެވެ.

މިފަދަ ފޯރަމްއެއް ބޭއްވުމުގެ މައިގަނޑު އެއް މަޤްޞަދަކީ ކުންފުނިން ވިއްކާ މެރިން ދާއިރާއާއި ގުޅުންހުރި މުދަލާއި ޚިދުމަތްތަކާއި އަދި ބޯޓުޔާޑުން ލިބޭ ޚިދުމަތްތަކުގެ މަޢުލޫމާތު މި ދާއިރާގެ ވިހާވެސް ގިނަ ބައިވެރިންނަށް ހިއްޞާކޮށް، މި ދާއިރާއިން މިކުންފުނިން ހޯދާފައިވާ އިތުބާރު ދެމެހެއްޓުމެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ މިފޯރަމްގައި، އެމްޓީސީސީގެ ބޯޓުޔާޑުގެ އިތުރުން ކަށަވަރުގެ ޚިދުމަތްތަކާއި ބެހޭގޮތުން މި ކުންފުނީގެ އިންޖިނިއަރިންގ އަދި ޓްރޭޑިންގ ޑިވިޝަންގެ 6 މެންބަރުން ހިމެނޭހެން، ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކުރިއަށް ގެންދެވިފައެވެ. އެގޮތުން ޔަންމާ އިންބޯޑް އިންޖީނު، ސުޒުކީ އައުޓްބޯޑް އިންޖީނު، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް މެރިން ކޯޓިންގް، އަދި އެމްޓީސީސީގެ ބޯޓު ޔާޑުން ދޭ ޑޮކިންގ، އިންޖިނޭރިންގ، ވެލްޑިންގ، މެޓަލް ފެބްރިކޭޝަން، ފައިބަރ އަދި ވަޑާމުގެ ޚިދުމަތްތަކުގެ މައުލޫމާތުވެސް މި ފޯރަމްގައިވަނީ ހިއްޞާކުރެވިފައެވެ. މި ކުންފުނީގެ އަމާޒަކީ މެރިން ދާއިރާއަށް ބޭނުންވާ ހުރިހާ މުދަލަކާއި ޚިދުމަތެއްގެ ހައްލު އެއް ފުރާޅެއްގެ ދަށުން އޮޑިވެރީންނާއި، މަސްވެރީންނަށް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ފޯރުކޮށްދީ، މިކުންފުނީގެ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!