މަސްވެރިކަމާއި ގުޅޭ

MOU

ދިވެހި މަސްވެރިންނާއި މިފްކޯ ގުޅިގެން ގެމަނަފުށީގައި ތަމްރީނު ޕްރޮގްރާމްތަކެއް ބާއްވަނީ

ދިވެހި މަސްވެރިން ޖަމިއްޔާއާއި މިފްކޯ ގުޅިގެން ގެމަނަފުށީގައި ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރު 22 ޑިސެމްބަރ 2021 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގްރާމްގެ ކްލާސްތައް ނަގައިދޭނީ މިފްކޯ މަސްކާރުޚާނާގައި މަހުގެ ތަފާތު އުފެއްދުނަތައް ތައްޔާރުކުރުމުގައި އިސްކޮށް އުޅޭ ފަންނީ ބޭފުޅެއް ކަމުގައިވާ ނަހީޒް އަބްދުލް ޣަފޫރު އާދަމް (ނާބެ) އެވެ.  މި ތަމްރީނު ޕްރޮގްރާމުގައި މަހުގެ ތަފާތު އުފެއްދުންތައް ތައްޔާރުކޮށް ގިނަ ދުވަހު ގެންގުޅެވޭނެ އުކުޅުތަކާއި އަދި ވިޔަފާރި އުސޫލުން ގޭގައި އުފައްދާ ކާބޯތަކެތި ތައްޔާރުކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް ދަސްކޮށްދެވޭނެއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ބައިވެރިއަކަށް އިތުރު ތަމްރީނު ދިނުމުގެ ގޮތުން މިފްކޯގެ ކަނޑުއޮތް ގިރީގެ މަސްކާރުޚާނާގައި 2 ދުވަހުގެ ތަމްރީނު ދެވޭނެއެވެ. އަދި މީގެ އިތުރުން އެ ބައިވެރިއަކު އުފައްދާ ބާވަތެއް ބާޒާރަށް ނެރުމަށް ބޭނުންވާ ސާމާނު ހިލޭ ފޯރުކޮށްދީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ އޯތެންޓިކް މޯލްޑިވްސް ފިހާރަތަކުގައާއި އެހެނިހެން ފިހާރަތަކުގައެ އެ އުފެއްދުމެއް ވިއްކޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމުގައި ދިވެހި މަސްވެރިން ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިއީ ޓްރާންސްޕޭރެންސީއާއި ޔޫއެސް އެއިޑްގެ ހިލޭ އެހީގައި ދިވެހި މަސްވެރިން ޖަމިއްޔާއިން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމް ތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!