މަސްވެރިކަމާއި ގުޅޭ

WhatsApp Image 2021-05-03 at 11.12.33 (4)

ފަރުތަކުގެ ގާ ހުދުވުމަކީ ފަރުމަހުގެ އާބާދީ އާލާވުމަށް އެޅޭ ހުރަހެއް

ކަނޑުމަހުގެ އެކި ބާވަތްތަކާ ޚިލާފަށް، ފަރުމަހުގެ ބާވަތްތައް ދަރިމައިވަނީ ލަހުންންނެވެ. އަދި ދަރިމައިވާ ނިސްބަތްވެސް މަދެވެ. ފަރުމަހުގެ މަސްވެރިކަމުން ބާނާ ގިނަ މަސްމަހަކީ އުމުރުގެ ބޮޑުބައެއް އެއްސަރަހައްދު ތަކެއްގައި ހޭދަކުރާ ބާވަތެކެވެ.

އެ ސަބަބާހުރެ، މަސްވެރިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ އެއް ބާވަތަކީ ފަރުމަހުގެ މަސްވެރިކަން ކަމަށް ވެއެވެ. ދުނިޔެ ހޫނުވުމާއި ތިމާވެއްތަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތަކާއި ފަރުތަކުގެ ޤުދުރަތީ ނިޒާމަށް ބުރޫ އަރަމުން ދާއިރު، އެކަމުން ފަރުމަހުގެ މަސްވެރިކަމަށް ހާއްސަގޮތެއްގައި ވަރަށް ބޮޑަށް އަސަރު ކުރެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ ލޮނުގަނޑު ހޫނުވުމުން، ރާއްޖޭގެ ފަރުތަކުގައި ހުންނަ ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވެއެވެ. ގާ ހުދުވުމަކީ ފަރުތަކުގެ އާބާދީ އާލާވުމަށް އެޅޭ ހުރަހެކެވެ.

މިފަދަ ގުދުރަތީ ހާދިސާތައް ދިމާވަމުންދާއިރު، ފަރުމަހުގެ އާބާދީއާއި ފަރުމަސް ދިރިއުޅޭ މާހައުލު ރައްކާތެރި ކުރުމަށްޓަކައި، ފަރުމަހުގެ މަސްވެރިކަން ކުރަމުންދަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަން ކަށަވަރު ކުރަން ޖެހެއެވެ.

އެފަދަ ކަންކަމަށް ރިއާޔަތްކޮށް، ޕްލޭނެއް ވަނީ އެކުލަވާލާފައެވެ. އެއީ 'ދިވެހި ރާއްޖޭގެ ފަރުމަހުގެ މަސްވެރިކަން މެނޭޖެކުރުމުގެ ޕްލޭން'އެވެ. އެ ޕްލޭން އެކުލަވާލާފައި ވަނީ، މަސްވެރިކން ރާވާ ހިންގައި، ބެލެހެއްޓުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރެއްގައި އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!