މަސްވެރިކަމާއި ގުޅޭ

Sea cucumber new

ރާއްޖޭގައި 27 ބާވަތެއްގެ ހުއިފިލަނޑާ އުޅޭއިރު، އާއްމުކޮށް ނަގަނީ 15 ވައްތަރު

ދިވެހި ރާއްޖޭގައި، ހުއިފިލަނޑާގެ 27 ބާވަތެއް ރެކޯޑު ކުރެވިފައި ވެއެވެ. އޭގެ ތެރެއިން އާއްމުކޮށް މަސްވެރިކަމުގައި ނަގާ އުޅެނީ 15 ވަރަކަށް ބާވަތެވެ.

ދިވެހި ރާއްޖޭގައި ހުއިފިލަނޑާގެ މަސްވެރިކަން ކުރަން ފެށީ 1985 ވަނަ އަހަރު ކަމަށް ރަސްމީ ރިކޯޑުތަކުން ދައްކައެވެ. ނަމަވެސް 1970ގެ ފަހުކޮޅުގައިވެސް މި ބާވަތުގެ މަސްވެރިކަން ކޮށްފައިވާކަމަށް ބައެއް މަސްވެރިން ބުނެއެވެ.

ހުއިފިލަނޑާގެ މަސްވެރިކަން ފެށިގެން އައިސްފައިވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައެވެ. މަދު އަހަރުތަކެއްގެ ތެރޭގައި މުޅި ރާއްޖެއަށް ހުއިފިލަނޑާގެ މަސްވެރިކަން ތައާރަފު ވެގެން ދިޔައެވެ.

ނަތީޖާއަކަށްވީ، އޭރު ކަޅުބިލަމަހުގެ މަސްވެރިކަމަށްފަހު އެންމެ ރަނގަޅު އާމްދަނީއެއް ލިބިފައިވަނީ ހުއިފިލަނޑާގެ މަސްވެރިކަމުން ކަމަށް ވިއެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި ހުއިފިލަނޑާގެ މަސްވެރިކަން ފެށުނުއިރު، އެންމެ އަގުބޮޑު ބާވަތަށް އަމާޒު ހިފާފައި ވީނަމަވެސް އޭގެ 10 ވަރަކަށް އަހަރު ފަހުން އެގޮތް ބަދަލުވެ، އަގުދަށް ބާވަވްތައްވެސް ގިނަ އަދަދަކަށް ނަގަން ފެށިއެވެ.

އޭގެ ތެރޭގައި ފާހަގަ ކުުރެވޭ އެއް ބާވަތަކީ 'ހޮޅި'އެވެ. ހޮޅީގެ އަގު ދަށް ނަމަވެސް ހޮޅި ނަގާ މިންވަރު އޭރު ބޮޑުތަނުން އިތުރުވެގެން ދިޔައެވެ.

ހޮޅިއަކީ އަގު ދަށް ބާވަތަކަށް ވެފައި މި ބާވަތުގެ މަސްވެރިކަން އެއަށް އެހާބޮޑަށް ބަރޯސާވުމުން ދައްކުވައިދިނީ އެދުވަސްވަރު ހުއިފިލަނޑާގެ ސްޓޮކް ހީނަރުވެފައި ވާ މިންވަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!