މަސްވެރިކަމާއި ގުޅޭ

Koodoo

މިފްކޯއިން މަސްގަތުން ކޮންޓްރޯލް ކޮށްފި

ދެކުނަށް މަސްވެރިކަން ރަގަޅުވެ ގިނަ އަދަދަކަށް މަސްބާނަމުން ދިއުމާ ގުޅިގެން މިފްކޯއިން މަސްގަތުން ކޮންޓްރޯލްކޮށް ކޮށްފިއެވެ.

މިފްކޯއިން މަސްވެރިންނަށް މައުލޫމާތު ފޯރުކޮށްދޭ ވަޓްސްއެޕް ގުރޫޕުގައި ބުނެފައިވަނީ ދެކުނަށް އާދަޔާ ޚިލާފަށް މަސްވެރިކަން ރަގަޅުވެ ކޫއްޑޫގެ ފްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ބާނަމުން ދާތީ، ދުވަހުން ދުވަހަށް މަސްވެރިން ބާނާ މަސް ކިރުމުގެ ގޮތުން މި އަދުން ފެށިގެން ދޯންޏަކުން ކިރަމުންދާނީ ދުވާލަކަށް 5 ޓަނު ކަމަށެވެ. އެގޮތުން ދެކުނުގައި މިފްކޯއަށް މަސްގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކަށް ދުވާލަކު ކިރާނީ ދޯންޏަކުން 5 ޓަނު މަހެވެ.

މަސް ކިރުން ކޮންޓްރް ކުރުމާއި ގުޅިގެން "ޒުވާން މަސްވެރިޔާ" ޕޭޖުގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޫއްޑޫއަށް މަސް ގަތުން ކޮންޓްރޯލްކޮށް ދުވާލަކު 5 ޓަނު މަސް ކިރުމަށް ނިންމުމަކީ މަސްވެރިންނާއި ދެވޭ ބޮޑު ގެއްލުމެއް ކަމުގައެވެ. އަދި މަހަށް ރަގަޅު އަގެއް ނުދެވޭއިރު މަހުގެ އަގު ކޮންޓްރޯލް ކުރުމަކީ ލޯނު ނަގައިގެން ދޯނި ބަންނަ އޮޑިވެރިޔާއަށް ލިބޭ ބޮޑު ގެއްލުމެއް ކަމުގައެެވެ.

ދެކުނަށް މަސްވެރިކަން ރަގަޅު މި ހަފްތާގައި ދޯނިތަކުން ގިނަ އަދަދަކަށް މަސްބާނަމުން ދިއުމާއި ގުޅިގެން އިއްޔެއިން ފެށިގެން މަސްކިރުވުމަށް ގިނަ އަދަދެއްގެ ދޯނިތަކެއްވަނީ ކިއު ހަދާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!