މަސްވެރިކަމާއި ގުޅޭ

1543673

ހަރުކަށި ޤަވާއިދުތަކުގެ ސަބަބުން ތައިލޭންޑުގައި 700އަށް ވުރެ ގިނަ މަސް ބޯޓު ސަރުކާރަށް ވިއްކާލަނީ

ތައިލޭންޑުގައި މަސްވެރިން އަމަލުކުރަންޖެހޭ ހަރުކަށި ޤަވާއިދުތަކުގެ ސަބަބުން 700 އަށްވުރެ ގިނަ މަސްވެރިން އެމީހުންގެ ބޯޓުފަހަރު ސަރުކާރަށް ވިއްކާލުމަށް ހުށަހަޅައިފިއެވެ.

މިކަމާއި ގުޅޭގޮތުން ނޭޝަނަލް ފިޝަރީޒް އެސޯސިއޭޝަން އޮފް ތައިލެންޑުގެ ރައީސް މޮންގުކޮލް ސުކްޗަރޮއެންކާނާ ބުނީ ޖުމްލަ 729 މަސް ބޯޓު ފަހަރު ސަރުކާރަށް ވިއްކާލުމަށް ހުށަހަޅާފައިވާ ކަމަށާއި، ސަބަބެއް ކަމަށް މަސްވެރިން ބުނެފައިވަނީ ޙަރަދުތައް ފޫނުބެއްދުން ކަމަށެވެ.

މޮންގުކޮލް ބުނީ 2017ވަނަ އަހަރު މަސްވެރިކަމުގެ ޤާނޫނަށް ގެނައި އިސްލާހާއި އެކު މަސްވެރިންނަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން އަހަރެއްގެތެރޭ މަހަށް ދެވޭނީ 240 ދުވަހު ކަމަށް ކަނޑައަޅާފައިވާއިރު، އަހަރުގެ ބާކީ އޮންނަ ދުވަސްތަކަކީވެސް މަސްވެރިން ބޯޓު ފަހަރުގެ ޙަރަދުތައް ބަލަހައްޓަން ޖެހޭ ދުވަސްތަށްކަން މޮންގުކޮލް ފާހަގަކުރިއެވެ.

ސަރުކާރުގެ ދެކޮޅު ނުޖެހޭ ޤަވާއިދުތަކުގެ ސަބަބުން އެދާއިރާގައި މަސައްކަތް ކުރާ މީހުންގެ އަދަދުތަށްވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް މޮންގުކޮލް ބުނެއެވެ.

އަދި މިގޮތަށް ކަންތައްތައް ކުރިއަށްދާނަމަ ކުރިމަގުގައި ތައިލޭންޑު ވެގެންދާނީ ސީފުޑު އިމްޕޯޓު ކުރުމަށް ބަރޯސާވާ ޤައުމަކަށް ކަމަށްވެސް މޮންގުކޮލް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!