މަސްވެރިކަމާއި ގުޅޭ

FQCoVa6aQAkHa28

މަސައްކަތް ކުރަމުންދަނީ 200 ދޯނިގައި މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް: މިނިސްޓަރ ހުސެއިން

ލޮނު ފެނުން އައިސް އުފައްދާ ނިޒާމްތައް 200 މަސް ދޯނީގައި ހަރުކުރުމަކީ އަމާޒެއް ކަމަށް މިނިސްޓަރ އޮފް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ހުސެއިން ވިދާޅުވީ ދޯނި ފަހަރުގައި ރެފްރިޖެރޭޑަޓު ސީ ވޯޓާ ސިސްޓަމްތައް ހަރުކޮށްގެން އައިސް އުފެއްްދުމުގެ ނިޒާމް ޤާއިމް ކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން ސަރުކާރުގެ ބަޖެޓުންނާއި، އިސްލާމިކް ޑިވެލޮޕްމަންޓުގެ ފައިސާ ބޭނުންކޮށްގެން ދޯނި ފަހަރުގައި ފިނި ކުރާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މީގެ އިތުރުން ސައުދީ ފަންޑުގައިވެސް މި ކޮމްޕޯނަންޓު ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޙިިދުމަތް ދިނުމަށް ރާއްޖޭގައި ވެންޑާސް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ހުސެއިން ވިދާޅުވިއެވެ.

"އެ ޙިދުމަތް ދިނުމަށްޓަކައި ކުންފުނިތަކެއް އައްޔަންކޮށްފައި، އެމީހުން އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑުގެ ތެރެއިން އައްޔަން ކުރާނީ، ލޯން ނަގާ ފަރާތްތަކަށް އެސްއެމްއީ ބޭންކުގެ ތެރެއިން ލޯން ލިބޭނެ، ވެންޑާ އެ ޙިދުމަތް ދިނީމައި، ވެންޑާއަށް އަޅުގަނޑުމެން ވަގުތުން ލާރި ދޭނަން، ލޯނު ދައްކަމުންދާނީ އޯނަރު،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިގެންނަ ބަދަލާއި އެކު ލުއި ފައްސޭހަ ކަމާއި އެކު މިމަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

އަދި މި ސަރުކާރުގެ މުއްދަތުގެ ތެރޭގައި އެ ތިން ސްކީމުގެ ތެރެއިން 200 ވަރަކަށް ދޯނީގައި މި ނިޒާމް ޤާއިމް ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ހުސެއިން ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން މަޖިލީހަށް ޙާޒިރުކުރެއްވީ ހއ.ދިއްދޫގައި މި ސަރުކާރުން ޤާއިމްކުރުމަށް ވައުދުވެފައިވާ އައިސްޕްލާންޓްގެ މަސައްކަތުގެ އެންމެފަހު މަރުހަލާގެ ތަފްސީލް ހޯދުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!