މަސްވެރިކަމާއި ގުޅޭ

kooddoo-jetty-scaled-oz247qsn2vqn73yeqrav7n742r6avtuk3x6yigqj60

މާޗުމަހު ރާއްޖެއިން 190 މިލިއަން ރުފިޔާގެ މަސް ބޭރުކޮށްފި

މިދިޔަމަހު ރާއްޖެއިން 190 މިލިއަން ރުފިޔާގެ މަސް ބޭރުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ މިއަހަރުގެ މަރޗުމަހުުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބޭރުކޮށްފައިވާ މަހުގެ ބާވަތްތަކުގެތެރޭގައި އެންމެ ގިނައީ، ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން މިދިޔަ މަހު ރާއްޖެއިން ވަނީ 125 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަސް ބޭރުކޮށްފައެވެ.

ދެން އެންމެ ގިނަ އަދަދަކަށް ރާއްޖެއިން ބޭރުކޮށްފައިވަނީ އެކި ގޮތްގޮތަށް ތައްޔާރުކޮށްފައިވާ ކަޅުބިލަމަހެވެ. މިދިޔަ މަހު ރާއްޖެއިން ވަނީ 26 މިލިއަން ރުފިޔާގެ މިފަދަ މަސް ބޭރުކޮށްފައެވެ.

މިދިޔަމަހު ރާއްޖެއިން ކަންނެލި ބޭރުކުރި މިންވަރަށް ބަލާއިރު، އެމަހު ރާއްޖެއިން ވަނީ 16 މިލިއަން ރުފިޔާގެ ގަނޑުކުރި ކަންނެލި ބޭރުކޮށްފައެވެ. ދަަޅުގައި އަދި ފައުޗުގައި ބަންދުކޮށްގެން 13 މިލިއަން ރުފިޔާގެ މަސް އަދި 10 މިލިއަން ރުފިޔާގެ ތާޒާ ކަންނެލި މަސް ވަނީ މިދިޔަ މަހު ރާއްޖެއިން ބޭރުކޮށްފައެވެ.

މިދިޔަމަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. އެގޮތުން 115 މިލިއަން ރުފިޔާގެ މުދާ ވަނީ ތައިލޭންޑަށް އެކްސްޕޯޓުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!