މަސްވެރިކަމާއި ގުޅޭ

_118408344_044252708-1

މަސްވެރިން ބަނާ މަހަށް ހަދަންވީ ގޮތް ނުވިސްނިގެން ނޫޅޭ، އެގޮތް ނުހަދަނީ: ނަޝީދު

މަސްވެރިން ބަނާ މަހަށް ހަދަންވީ ގޮތް ނުވިސްނިގެނެއް ނޫޅޭ ކަމަށާއި، އެގޮތް ނަހަދަނީ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ ކުރެއްްވި ޓުވީޓެއްގައެވެ.

މަސްވެރިކަން ރަނގަޅުވި މޫސުމާ ދިމާކޮށް މަސްކިރާ ވަރު ކޮންޓްރޯލް ކުރުމާ ގުޅިގެން މިފަހުން މަސްވެރިން ވަނީ ނުރުހުން ފާޅުކޮށް، އިހުތިޖާޖު ކޮށްފައެވެ. އެގޮތުން، މިފްކޯއިން މަސްވެރީންނާއެކު ބޭއްވި ބައްދަލްވުމެއްގައި ބައިވެރިއަކު، ހުވަދޫގެ މަސްވެރިން، ކޫއްޑޫގެ ކެޕޭސިޓީއާ އައިސް ސްޓޯރޭޖަށް ބަރޯސާވާން ބޭނުން ނުވާ ކަމަށާއި ހުވަދޫގެ މަސްވެރީންނަށް އެ މީހުން ބާނާ މަހަށް އަމިއްލައަށް އިންޓަނޭޝަނަލް މާކެޓް ހޯދޭނެ ކަމަށް އަދި މަސް ފެކްޓްރީތައްވެސް ގެނެވޭނެ ކަމަށް ބުނެ ވާހަކަ ދައްކާ ތަނުގެ ވީޑިއޯ ޓުވިޓާގައި ހިއްސާ ކުރަމުން ނަޝީދު ވިދާޅުވީ، މަސްވެރިން ބަނާ މަހަށް ހަދަންވީ ގޮތް ނުވިސްނިގެނެއް ނޫޅޭ ކަމަށާއި، އެގޮތް ނަހަދަނީ ކަމަށެވެ.

މީގެ ކުރިންވެސް ނަޝީދު ވަނީ މަސްވެރިންގެ ޝަކުވާތަކަށް ތާއީދުކޮށް ޓުވީޓުކުރައްވާފައެވެ. އެގޮތުން، މަސްވެރީންނަށް ވީ ވައުދު ނުފުއްދިވާ ކަަމަށް ވިދާޅުވެ ލިޔުމެއް އާންމު ކުރެއްވާފައި ވާއިރު، ނަޝީދު ޓުވީޓު ކުރައްވާ ޕޯސްޓުތަކުންވެސް މަސްވެރިންގެ އިހުތިޖާޖަށް ހިތްވަރު ދެއްވައެވެ.

ދެކުނަށް މަސްވެރިކަން ރަނގަޅުވެފައިވާއިރު، މިހާރުވެސް މިފްކޯއިން މަސް ގަންނަ،މުން ދަނީ، ދޯންޏަކުން ހަތް ޓަނު މަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!